ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރަންޓްލައިން އެލަވެންސް 9988 ފަރާތަކަށް ދީފި

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދާއި، ބަލިން ރަނގަޅުވާ މީހުންގެ އަދަދުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ 9988 ފަރާތަކަށް މިހާތަނަށް އެލަވެންސް ދީފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަދުގެ ނިޔަލަށް 9988 ފަރާތަކަށް ޖުމްލަ 83.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ހައި ރިސްކު ފަރާތްތައް ކަމަށެވެ.

އެގޮތުން އެ ފަރާތްތަކަކީ ކޮވިޑަށް ޕޮޒިޓިވްވާ ނުވަތަ ބަލި ހުރެދާނެ ހައި ރިސްކު ފަރާތްތަކާއި ގާތުން ދިމާވެދާނެ ފަރާތްތައް ކަމަށާއި އޭގެތެރޭގައި މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓް ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، ބައްޔަށް ޕޮޒިޓިވްވާ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި އުޅަނދުތަކުގައި ތިބޭ ފަރާތްތަކުންނާއި، ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ވޯޑަށް ވަންނަ ފަރާތްތަކާއި، ޓްރެވެލް ކްލިނިކުތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 500 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ދެވަނަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތްކުރާ މީޑިއަމް ރިސްކު ފަރާތްތައްއެފަދަ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާގެ އެލަވެންސެއް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ތިންވަނަ ގިންތީގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިނުގައި މަސައްކަތްކުރާ ލޯ ރިސްކު ފަރާތްތަކެވެ.

އެގޮތުން އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: