ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްދު ޤާއިމްކުރުން ފަދަ ކަންކަމުގައި ޑީއެންއޭއަކީ ހުއްޖަތެއް ނޫން

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްދު ޤާއިމްކުރުން ފަދަ ކަންކަމުގައި ޑީއެންއޭއަކީ ހުއްޖަތެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ޒިނޭކޮށްގެން ލިބޭ ކުއްޖެއްގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް, އިސްލާމީ ޝަރީއަތުގައި އެއީ އެމީހަކު ޒިނޭ ކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް ދާދި ފަހުން ހައިކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ.

ޝަހީމު މިއަދު ވިދާޅުވީ ކައިވެނިން ބޭރުން ލިބޭ ދަރިއެއްގެ ޑީއެންއޭ އަކީ ޒިނޭކުރިކަން ސާބިތުކުރުމަށް އޮތް ޤަޠުޢީ ޙުއްޖަތެއްނޫންކަމަށެވެ.

އަދި ހައިކޯޓުން ނިންމި ނިންމުމަކީ އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގެ މަތިން ބަލާއިރު ހަރުދަނާ ޤަޟާޢީ ނިންމުމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސްސ ވިދާޅުވިއެވެ.

އެގޮތުން އިސްލާމީ ޝަރީޢަތުގައި ޙައްދުކަނޑައެޅިފައިވާ ކަންކަމާއި ޤިޞާޞްގެ ޙުކުމްތައް ފިޔަވައި އެހެނިހެން ޖިނާއީ ތަޙުޤީޤުތަކުގައްޔާއި ޤަޟާއީ ނިޒާމުގައި ޑީއެންއޭ ޤަރީނާ ޤަބޫލުކުރުމަށް ބާރު އަޅުއްވާ ކަމަށާއި ޑީއެންއޭ ޤަރީނާއަކީ (ބައްޔިނާތު) ހެއްކާ ޤަރީނާގެ ތެރެއަށް ވަންނަވަރުގެ ބުރަދަންހުރި ޢިލްމީ ޙުއްޖަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

“ޑީއެންއޭއަކީ އޭގެ ޒާތުގައި ޞައްޙަކަންބޮޑު ޤަރީނާއަކަށް ވިޔަސް ނުފޫޒުން/އިންސާނުން ހަދާ ގޯހަކުން/އިހުމާލަކުން/ ޙައްދުޤާއިމްކުރުން ފަދަ ކަންކަމުގައި ޑީއެންއޭއަކީ ޤަޠުޢީ ޙުއްޖަތެއް ނޫން” ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: