ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަަށް ދޭ ހިދުމަތްތައް އަގުހެޔޮކުރުން: ނަހުލާ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރު ނިޒާމު ހަރުދަނާކޮށް މި ނިޒާމު ކައިރި ގައުތަކާއި ގުޅާލެވި އެކަށީގެންވާ އަވަސް ހިދުމަތްތަކެއް އެކަށީގެންވާ އަަވަސް މިނެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ޓްރާސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ، ދަތުރުފަތުރުގެ ދުވެލި އަވަސްވެ ކަނެކްޓިވިޓީ އިތުރުވެގެން ދިޔުމުން ތަކެތީގެ އަގުހެޔޮ ވެގެންދާނެ ކަމަށެވެ.

މި ރޮގުން ސަރުކަާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީކުރެވިފައިވާ ބަނަދަރުތަކަށް އިންޑިއާއިން ކާގޯ ފެރީގެ ހިދުމަތް ފެށިގެން ދިޔުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއްކަމަށް ނަހުލާ  ވިދާޅުވިއެވެ.

އަދި އެއީ އަތޮޅުތަކުގެ ވިޔަފާރި ވެރިންނަށް އަތްފޯރާ ފަށެއްގައި މުދަލާއި ކާބޯތަކެތި އެތެރެކުރުމަށް ދެކުނާއި އުތުރުގައި ހުޅުވުނު މައި ދޮރައަޓެއް ކަމުގައި ވެގެން ދާނެކަމަށާޢި މިކަމުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ކުރިއެރުންތަށް ލިބި ބާޒާރުން ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދެވޭނެ ކަަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

“ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވި ކުރުމުގެ ގޮތުން އަހަރުތަކަށް ފަހު ދިވެހި ރާއްޖޭގައި އަލުން ގައުމީ ޝިޕިން ލައިނެއް އުފައްދަވާ ރާއްޖޭގައި އެ ހިދުމަތްދޭން ފަށާފައިވުމަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާން ޖެހޭނެކަމެއް ކަމަށާއި ރާއްޖޭގައި އަމިއްލަ ޝިޕިން ލައިނެއް ވުޖޫދުކޮށް ކާމިޔާބު ކަމާއިއެކު ދަތުރުފަތުރު ކުރަން ފެށުމަކީ ރާއްޖޭގެ ރައީސުލް ޖުމުހުއްރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހިންގުންތެރި ތޫނުފުޅު ވިސްނުންފުޅާއިއެކު ވިލަރެސް ކުރައަވަމުން ގެންދަވާ ވަރަށް މުހިންމު އިގްތިސާދީ މަސައްކަތެއްކަން ފަހަގަކުރަން ” މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ރާއްޖޭގެ އަމިއްލަ ޝިޕިންލައިނެއް ވުޖޫދުވުމަކީ މެރިޓައިމް ދާއިރާއަށް ލިބުނު ނުހަނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ތިނަދޫގައި ބައިނަލް އަގުވާމީ އެއާޕޯޓަކާއި ބައިނަލް އަގުވާމީ ސީޕޯޓެއް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުތަކުގެ ތެރެއިން ބޮޑު ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: