ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައީސް ސޯލިހުއަށް ވެރިކަމާއި ދައުލަތުގެ ބާރުތައް ޖަމާކޮށްދިނީ ކުރީ ސަރުކާރޭ ކިޔަންތޯ؟”

ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމާ ދައުލަތުގެ ބާރުތައް ޖަމާކޮށްދިނީ ކުރީ ދިމާވަމުންދާ މައްސަލަތުގެ ޒިންމާ ކުރީގެ ސަރުކާރުގެ ބޮލުގައި އަޅުވަންތޯ މާވަށު ދާއިރާގެ މެމްބަރުު މުހައްމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.

ސައީދު މިހެން ވިދާޅުވީ ރައީށް އަބްދުﷲ ޔާމީންގެ ސަރުކާރުތަކުން މިފްކޯ ތަރައްގީކުރިނަމަ، އުތުރުގެ މަސްވެރިންގެ ޝަކުވާތައް މިއަދު ނުހުންނާނެ ކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވުމާ ގުޅިގެންނެވެ.

ފައުޒީއަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1953ގެ ސަރުކާރުން މަސް ދަޅުގައި ބަންދުކުރަންފެށި ނަމަ މިފްކޯ ވެސް އުފައްދާކަށް ނުޖެހުނީސް ކަމަށެވެ.

“ރައީސް ސޯލިހުއަށް ވެރިކަމާއި މުޅި ދައުލަތޔގެ ހެއްދެވިހިބާރެއް ޖަމާކޮށްދިނީ ކުރީ ސަރުކާރޭ ކިޔަންތޯ؟” ސައީދު ވިދާޅުވިއެވެ.

މިމަހުގެ އެކި ދުވަސްތަކުގައި މަސްވެރިން މަހަށް ނުގޮސް ކަނޑުމަތީގައާއި، ފެލިވަރުގައި މަސްވެރިން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.

މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގައި މަސްވެރިން އަންނަނީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާވަރަށް ދެމެހެއްޓުމާއި، ފެލިވަރުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހަމަޖައްސައި ދިނުމަށާއި އަދި ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލަމުންނެވެ.

އަދި މި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ބައްދަލުކުރަން ބޭނުންވާ ކަމަށްވެސް މަސްވެރިން އަންނަނީ ބުނަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: