ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ރީޖަނަލް ޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް 45 ދުވަހުގެތެރޭ ނިންމަނީ!

ރަސްމިއްޔާތުގައި އެމްޓީސީސީގެ އެމްޑީ އަލީ އާޒިމް ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ ގދ ތިނަދޫ ރީޖަނަލް ޕޯޓިގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 45 ދުވަހުގެ ތެރޭ ނިންމާލުންކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ހަވީރު ތިނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީގެ އަމާޒަކީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބެނުންފުޅުވާ ގޮތަށް، ހަލުވި ސްޕީޑެއްގައި ހުރިހާ މަސައްކަތެއް ކޮށް ނިންމާލުން ކަމަށެވެ. އަދި މަސައްކަތުގެ ސްޕީޑަށް ބަލާއިރު، ކުރިން މި މަސައްކަތްތަށް ކުރުމަށް ހޭދަވާ މުއްދަތަށްވުރެ ކުރު މުއްދަތެއްގައި މިހާރު މަސައްކަތްތައް ކޮށް ނިންމާލެވޭކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، ރާއްޖެއަށް ހަލުވި ސްޕީޑެއްގައި ތަަރައްގީ ގެނައުމަށް އެމްޓީސީސީގެ މުވައްޒަފުން ތިބިކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ގެނައުމުގައި އެންމެ އިރުކޮޅަކުވެސް ފަސްޖެހި ނުތިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ހެއްކަކަށް ހޯރަފުށި އެއާޕޯޓު ވެގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮންމެ މަސައްކަތަކީ ރައްތިތުންނަށް އޮޅުވާނުލައި، ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ވާނެ ފަދަ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ރައީސް ބާރު އަޅުއްވާކަމަށް އާޒިމް ވިދާޅުވިއެވެ.

”މީގެ ކުރިން ބަނދަރެއް ނިންމަނީ ތިން އަހަރުން. މިޙާރު ހަމަސް ދުވަސް. ކުރިން އެއާޕޯޓެއް ނިންމަން ތިން އަހަރު. މިޙާރު ބިން ހިއްކައިގެން އެއާޕޯޓެއް ނިންމަން 17 މަސްދުވަސް” އާޒިމް

ތިނަދޫ ރީޖަނަލް އެއާޕޯޓުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އާޒިމް ވިދާޅުވީ، 45 ދުވަސްތެރޭ މަސައްކަތް ނިންމަން އަމާޒު ހިފިކަމުގައިވިޔަސް، މިއީ ކުޑަ މަސައްކަތެއް ނޫން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގައި އެކަނިވެސް، 4 ބައެއް ހިމެނޭކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެތެރޭގައި 45،000 ކިޔުބިކް މީޓަރު ސަރަހައްދެއް ފުންކުރުމާއި، 3،000 އަކަމީޓަރު ސަރަހައްދެއްގައި ކޮންކްރީޓު އެޅުމާއި، ފެން ހެދުމުގެ ނިޒާމެއް ގާއިމްކުރުމާއި ވަށާ ފެންސް ޖެހުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، އުންމީދަކީ ތިނަދޫ ރީޖަނަލް ޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކުރެވުން ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއިއޯ ޝާހިދު އަލީ ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދަނީ ޖުމްލަ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލުމުގެ ކުރިން ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރާނެ ކަަމަށް ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ޝާހިދު ވިދާޅުވީ، 5000 އަކަފޫޓުގެ ގުދަނެއް އެޅުމާއި، އެޑްމިނިސްޓްރޭޓިވް ބިލްޑިންއެއް އެޅުމާއި، ޕޯޓަށް ބޭނުންވާ ޔާޑު ލައިޓިން އެޅުންފަދަ ކަންކަން ހިމެނޭ ކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފްތާތެރޭގައި ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ޝަހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: