ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙާފިޒުންނަށް ދޭ އެލަވަންސް 5000 ރުފިޔާއަށް އިތުރުކޮށްދެއްވާ: ޝަހީމް

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް 5000 ރުފިޔާއަށް އިތުރުކޮށްދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އެދިވަޑައިގެންފިއެވެ.

ޝަހީމް މިކަމަށް އެދިލެއްވީ އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، މި އަހަރުން ފެށިގެން ހާއްސަ މެޑެލެއް ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެންނެވެ.

އެގޮތުން ޝަހީމް ވިދާޅުވީ ޤުރުއާން ހިތު ދަސްކުރާ ކުދިންނަށް ޤައުމީ އިނާމު ދޭންވީ ޤުރުއާން ދަސްކުރީތީ ކަމަށާއި އެކި ކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނާނީ އެކިވަރަށް ކަމަށްވާއިރު އެގޮތައް ދަރަޖަކޮށް އިނާމު ދޭ ނަމަ ވަރަށް ގިނަ ކުދިން ހިތުގައި ޖެހޭނެ ކަމަށެވެ.

“މިސާލަކަށް އޯޓިޒަމް ހުންނަ ކުއްޖަކު ޤުރުއާން ދަސްކޮށްފާނެއެވެ. އޭނާގެ ކިޔެވުން އެންމެ ކުޅަދާނަ ނުވެދާނެއެވެ. ކިޔެވުމުގެ ފެންވަރާއި ދަރަޖަ ވެސް ތަފާތުވެދާނެއެވެ. މިފަދަ ކިތަންމެ ސަބަބަކާ ގުޅިގެން ޙާފިޒުންނަށް ޤައުމީ އިނާމު ދޭންވީ ފެންވަރަށް ބަލައިގެނެއް ނޫންކަމަށް އަޅުގަނޑު ދެކެމެވެ. އިނާމު ދޭންވީ ﷲގެ މާތް ފޮތް ދަސްކުރި ކަމަށްޓަކައެވެ” ޝަހީމް ވިދާޅުވިއެވެ.

އަދި މިހާރު ނިންމާފައިވާ ގޮތުން ޤައުމީ އިނާމު ދޭ ޙަފްލާގައި އެއްވަނަ ދަރަޖައަށް އިނާމު ދީފައި، ޤުރުއާން މުބާރާތުގެ އިނާމު ދޭ ޖަލްސާގައި ދެވަނަ ދަރަޖައަށް އިނާމު ދިނުމަކީ ޙާފިޒުން ހިތުގައި ޖެހޭނެ ކަމެއް ކަމަށާއި އޭގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތިބުމަކީ ވެެދާނެ ކަމަކަށްވާއިރު ތަފާތުނުކޮށް، ޤުރުއާން ދަސްކުރިކަމަށްޓަކައި ޤައުމީ އިނާމު ދިނުމަށް ޝަހީމް ވަނީ ގޮވާލާފައެވެ.

“ހާޒިފުންނަށްޓަކައި ސަރުކާރުން ރަނގަޅުކަމެއް އެސްޓަބްލިޝްކުރަން ބޭނުންފުޅު ނަމަ ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް 2 ހާސް ރުފިޔާ ފަސްހާސް ރުފިޔާއަށް އިތުރުކޮށްދެއްވާށެވެ” ޝަހީމް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ 1 ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑެލް ދެއްވުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތުގައެވެ.

އެގޮތުން މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވެފައިވަނީ 4 ޙާފިޡުން ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: