ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލް މަސައްކަތްތަކުގެ ސްޕީޑު ގޯހެއްނޫން: މޭޔަރު

މާލޭސިޓީީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކުގެ ސްޕީޑް ލަސްނޫން ކަމަށާއި އެކަން އާންމު ރައްޔިތުންވެސް ގަބޫލުކުރައްވާކަމަށް މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގައި ކުރިއަށްދަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު ސިފާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި މެދު ހިތްހަމަޖެހޭ ކަމަށާއި ގިނަ އާންމު ރައްޔިތުންވެސް އެކަން ގަބޫލުކުރައްވާ ކަމަށެވެ. މާލެ ސިޓީގެ އެކި ހިސާބުތަކުގައި ތަރައްގީގެ އެކި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާކަން ޝިފާ ފާހަގަކުރެއްވިއެވެ.

އެގޮތުން، މާފަންނާއި ހެންވޭރުގައި ޕާކުތައް ތަރައްގީކުރުމާއި ސަލްޓަން ޕާކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޓައުންހޯލް އިމާރާތްކުރުމަށްވެސް ކުރިއަށް އޮތް ތަނުގައި ކުރުމަށް ހުރި މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

ފާއިތުވި ދޮޅު އަަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މޭޔަރު ވިދާޅުވީ ޕާކިން ޒޯންތަކުގެ ގޮތުގައި އެތައް ތަނެއް ހުޅުވިފައިވާ ކަމަށެވެ. އެގޮތުން، މިހާތަނަށް ޕާކު ކުރާނެ ތަންތަނުގެ ގޮތުގައި 8000 ޖާގައެއް ގާއިމްކޮށްދެވިފައިވާކަމަށް ސިފާ ވިދާޅުވިއެވެ. ސަރުކާރުން ވެފައިވާ ޕާކް ކުރާނެ ޖާގަތައް ދެއްކުމުގެ ވައުދު ފުއްދައި އާންމުންނަށް އެކަން ފެންނަމުންދާކަމަށް މޭޔަރު ވިދާޅުވިއެވެ.

“ބުރިބުރިއަށް ހުންނަ ޕާކިން ސްޕޭސް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުން” ސިފާ

މޭޔަރު ވިދާޅުވީ، އިތުރު ހަތަރު ފަސް ޕާކިން ސަރަހައްދެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުން އަލަށް އިންތިޚާބުވާ ކައުންސިލުންވެސް، މިހާރު މިފަށާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށްގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އަނިޔާ ލިބެމުންދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި މާލެ ސިޓީއަށް އެއްވެސް ކުރިއެރުމެއް ނައިސް، ހަތް އަހަރު ފާއިތުވެގެން ހިނގައްޖެ ކަމަށެވެ. އެހެން ނަމަވެސް، އަލުން އެފަދަ ދުވަސްތަކެއް މާލެ ސިޓީގައި އުޅެމުންދާ ރައްޔިތުން ބޭނުންނުވާނެ ކަމަަށް ވިދާޅުވިއެވެ. އަދި މާލެ ސިޓީގައި އުޅެމުންދަނީ ތަރައްގީ ބޭނުންވާ ތަރައްގީގެ ކަންކަން ހަލުވި ކަމާއެކު ކުރަން ބޭނުންވާ ބައެއް ކަމަށް ސިފާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: