ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެސްޓް ޕާކު ބަސް ސްޓޮޕް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް!

އެސްޓީއޯއިން ގާއިމްކުރި ބަސް ސްޓޮޕް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެސްޓް ޕާކު ސަރަހައްދުގައި އެސްޓީއޯއިން ގާއިމްކުރި ބަސް ސްޓޮޕް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތައް ގެޒެޓްކޮށްފައެވެ.

ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ގޮތުން މިހާރު ހަވީރީހިނގުން ކަނބާއައިސާރަނި ހިނގުމުން ފެށިގެން އިރުން ހުޅަނގަށް ބޮޑުތަކުރުފާނުމަގާއި ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ކަނބާއައިސާރަނި ހިނގުން ބޮޑުތަކުރުފާނުމަގުން ފެށިގެން ހަވީރީހިނގުމާއި ހަމައަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކޮށްފައިވާއިރު މާފަންނު އައްސޭރި ހިނގުން އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މާލެ އަދި ހުޅުމާލެ އާ ދެމެދު ދުއްވާ ބަހުގައި ދަތުރުކުރާ މީހުންނަށް ޚާއްސަކޮށްގެން ގާއިމްކޮށްފައިވާ ބަސް ސްޓޮޕް ރަސްމީކޮށް ހުޅުވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި ބަސް ސްޓޮޕާއެކު ޕާކަކާއި އައުތް ޑޯރ ޖިމެއްވެސް ވަނީ ހުޅުވާފައެވެ. އަދި މިހާރު މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސްތައްވެސް ވަނީ މިސްޓޮޕަށް ދަތުރުތައް ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: