ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ފިކުރަކަށް ނިސްބަތް ވުމަކީ ދައުވާ ނުކުރެވެންވީ ސަބަބެއް ނޫން: އިޔާޒް

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ވަކި ފިކުރަކަށް ނިސްބަތް ވުމަކީ ދައުވާ ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި ވާހަކައާ ގުޅިގެންނެވެ.

އެގޮތުން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި ސަރުކާރަކަށް ނުވަތަ ވަކި ފިކުރަކަށް ނިސްބަތްވުމަކީ އެ މީހަކު ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކުގެ މަތިއެޅި، ދައުވާ ނުކުރެވެންވީ ސަބަބެއް ނޫން ކަމަށެވެ.

“އެއްވެސް މީހަކަށް ގާނޫނަށްވުރެ މަތީގައި ހުރެވިގެން ނުވާނެ.” އިޔާޒް ވިދާޅުވިއެވެ.

ޝިޔާމްގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީ އަށް މައްސަލަ ފޮނުވީ ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު (ޝާކިރުބެ) ގިނަ ދުވަސްތަކެއް ވަންދެން ވިލިނގިލީގެ ސިފައިންގެ މަރުކަޒުގައި ދިރިއުޅުނު ކަމަށް ބުނާ މައްސަލާގައެވެ.

ދައުވާ ކުރަން ފޮނުވުމުން އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޭޖާ ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ނިންމީ ބަޣާވާތް ނާކާމިޔާބު ކޮށްލުމުން ބަދަލުހިފަން ކަމަށާއި އެއީ އެ ސިލްސިލާއަށް އިތުރުވި ބޮޅެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: