ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ “ވިސްނާ” ޖަލްސާ ކުރިޔަށް ގެންދަން ހުއްދަ ދީފި

ޕީޕީއެމްއިން މާލޭގެ ކާނިވާ ސަރަހައްދުގައި، ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގެ ކާނިވާ ސަރަހައްދުގައި “ވިސްނާ” ގެ ނަމުގައި ބޭއްވުމަށް ނިންމި ޖަލްސާ ކުރިޔަށް ގެންދިއުމުގެ ހުއްދަ ދީފިއެވެ.

ޕީޕީއެމް، ޕީއެންސީއިން ގުޅިގެން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަލްސާއަށް ހުއްދަދީފައިވާކަން މީޑިއާތަކާއި ހިއްސާކުރައްވާފައިވަނީ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއުއެވެ.

މި ޖަލްސާއާއި ގުޅިގެން އިދިކޮޅުގެ ލީޑާޝިޕް ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ. އެކަމާއި ގުޅިގެން ޝުޖާއު ވިދާޅުވީ، އެ ޖަލްސާ ކުރިޔަށް ގެންދިއުމުގައި ބައެއް އިރުޝާދުތަކެއް ފުލުހުން ދީފައިވާ ކަމަށެވެ.

ޖަލްސާގައި ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާ ޝުޖާއު ވިދާޅުވީ، އިދިކޮޅުގެ ފަރާތުން ޖަލްސާއަށް އަންނަ އިސްރަށްވެހިންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

ޖަލްސާގެ ގޮނޑިތައް ތަރުތީބި ކުރެވިފައި ހުންނާނީ ސޯޝަލް ޑިސްޓެންސިންއަށް ބެލުމަށްފަހު ކަމަށާއި، ޖަލްސާއަށް ވަންނައިރު އަތް ދޮވުމުގެ އިންތިޒާމުތަކާއި، ސެނެޓައިޒް ކުރެވޭނެ ގޮތް ހަމަޖެހިފައި ހުންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ޖަލްސާއަކީ މިއީ ސަރުކާރުގެ ނާގާބިލުކަން ދެއްކުމަށް ކުރިޔަށް ގެންދާ ޖަލްސާއެއްގެ ގޮތުގައި ޝުޖާއު ވިދާޅުވިއެވެ. އަދި ސަރުކާރުން އިހުމާލުވެފައިވާ މަސްވެރިންނާއި، ދަނޑުވެރިންނަށް ޖަލްސާ ހާއްސަކުރެވިފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މަސްވެރިންނަށް ހާއްސަކޮށްގެން ހާއްސަ ދައުވަތުގެ ކާޑުތަކެއް ވެސް ތައްޔާރުކޮށް، އެ މަސްދޯނިތަކާއި ހަވާލު ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: