ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ދައުރެއް ރައީސް ސާލިހްއަށް ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ނަން ބަދަލުނުކުރައްވާނެ ކަމާއިމެދު ޝައްކު: އަދުރޭ

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލަޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެމަނިކުފާނު ދިވެހިރާއްޖޭގެ ނަން ބަދަލުނުކުރައްވާނެ ކަމެއްވެސް އެނގިވަޑައިނުގަންނަވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ހަރާކަތުގެ ތެރެއިން ހުޅުމާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ގާނޫނު އަސާސީ ބުނާގޮތުން ދިވެހިރާއްޖޭގައި އޮތް ނިޒާމުގައި ވެރިކަން ކުރެއްވޭނީ ދެ ދައުރަށް ކަމަށެވެ. އެހެން ކަމުން ރައީސް ސާލިހް ދެވަނަ ދައުރަކަށް ވަޑައިގެންފިނަމަ އެދައުރު ވެގެންދާނީ އެމަނިކުފާނުގެ ފަހު ދައުރު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ފުރަތަމަ ދައުރުގައި ކަންކުރެއްވި ގޮތަށް ބަލާނަމަ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މިހާރު އޮތް 144 ބިލިއަން ދަރަނި 228 ބިލިއަނަށް ބަދަލުނުކުރައްވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ ދައުރު ނިމުމުން ކުރެއްވި އެއްވެސް ކަމަކަށް ޖަވާބުދެއްވަން ޖެހިވަޑައިނުގެންނެވުން ކަމުގައެވެ. އަދި ކުރެއްވި އެއްވެސް ކަމެއްގެ ޒިންމާވެސް ނަގަން ޖެހެވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ސާލިހް ރާއްޖެއަށް ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖެ ދެކެ ލޯބިނުވާ އަދި ވަފާތެރިކަމެއްނެތް ވެރިއަކު ވެރިކަމަށް ވަޑައިގައިގެން ރާއްޖޭ ދަރަނިވެރި ކުރުވާފާއި ފަސް އަހަރު ނިންމާލުމުން ދެން އިތުރު ދައުރެއް ދެއްވައިފިނަމަ ދިވެހިރާއްޖެ ދިވެހީންގެ ރާއްޖެއެއް ގޮތުގައި ނޯންނާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ސާލިހް އިންތިހާބުގައި ބަލިކުރަން ޖެހެވަޑައިގަންނަވަނީ ޕީޕީއެމް/ޕީއެންސީ އަށްވެރިކަން ހޯދައިދެއްވަން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރަން ޖެހެވަޑައިގަންނަވަނީ ރައްޔިތުންގެ ހައްގުގައިކަމަށާއި، ގައުމުގެ ހައްގުގައިކަމަށާއި އަދި ދިވެހީންގެ މާދަމާގެ މުސްތަގުބަލަށް ޓަކައި ކަމަށެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ މިއަދު އެމަގާމުގައި ހުންނެވީ ކާބަފައިން ވެވަޑައިގެން ގުރުބާނީގެ ސަބަބުން ކަމަށެވެ. އަދި އޭނާ ވަނީ ދިވެހިރާއްޖެއަށް ޓަކައި ގުރުބާން ވެވަޑައިގެން އެތަށް ޝަހީދެއްގެ ހަނދާން އާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: