ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުންމީދަކީ ގާނޫނު ތަންދޭ އެންމެ ގިނަ ދުވަހަކު ޕީޕީއެމް/ޕީއެންސީ ވެރިކަން ކުރުން: އަދުރޭ

ހިތަދޫގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްއިން ބޭއްވި ޖަލްސާގައި އަބްދުލްރަހީމް ވާހަކަދައްކަވަނީ. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީއިން ވެރިކަމަށް އައީ އެންމެ 5 އަހަރު ވެރިކަންކޮށް  ފައިބައިގެން ދާން ނޫންކަމަށާއި، އުއްމީދަކީ ގާނޫނު ތަންދޭ އެންމެ ގިނަ ދުވަހަކު ވެރިކަން ކުރުންކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިން ފެށީ ދަތުރުގައި ބޮޑެތި ގޮންޖެހުންތަކަކާއި، ދަތިތަކާއި ކުރިމަތިވިކަމަށެވެ. އަދި ޕާޓީ ހަލާކުވެދާނޭ ހީވި ހާލަތްތައްވެސް ދިޔަކަމަށެވެ. ނަމަވެސް ދަތުރުކުރި މިސްރާބަށް ވާސިލްވެވުނުކަމަށާއި، އެއީ ޕާޓީގެ ލީޑަރޝިޕާއި، ސަޕޯޓަރުން ދެއްކި ސާބިތުކަމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

ކުރިއަށްވެސް އޮތީ އުނދަގޫ ދުވަސްތަކެއްކަމަށާއި، ނަމަވެސް މިއީ ފަސޭޙަ ދުވަސްތަކަކަށް ހެދުން އޮތީ ރައްޔިތުންގެ އަތްމަތީގައިކަމަށް ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެއީ ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ދެއްވި ފަދައިން މަޖިލީހުގެ މެޖޯރިޓީ ދެއްވުންކަމަށެވެ. ޕްރައިމަރީއަށްފަހު، ޕާޓީގެ ކެންޑިޑޭޓަށް ގޮނޑީ ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އެންމެ 8 މެންބަރުންގެ މަސައްކަތުން ސަރުކާރު ކުޑަ ކަކުލަށް ޖެހިކަމަށް ފާހަގަކޮށް އަބްދުއްރަހީމް ވިާޅުވީ މިފަދަ މެންބަރުން މަޖިލީހުގައި ތިބުމަކީ މުހިންމުކަމެއްކަމަށެވެ.

މި ވޭތުވެދިޔަ 5 އަހަރު ދެއްކި އެކުވެރިކަމާއި، އެއްބައިވަންތަކަން ކުރިއަށް އޮތް ތަނުގައި މާ ވަރުގަދައަށް ދައްކަވާށޭ.

އަބްދުއްރަހީމް އެދިވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީ ބައިބައިކޮށް، ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ނުދިނުމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަން ބަލިކަށިވާނެ އެއްވެސްކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ. ޕީޕީއެމް/ޕީއެންސީގެ ތެރޭގައި މައްސަލަ އެބައޮތްކަމަށް ބުނެ ދެކެވެނީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އެތަކެއް ދަތި އުނދަގޫ ދުވަސްތަކެއް ކަނޑަތުކުރުމަށްފަހު، މިހާރު ޕީޕީއެމް/ޕީއެންސީއަށް އަމާންކަމުގެ އައްސޭރިއަކަށް އާދެވިފައިވާކަމަށާއި އެހެންކަމުން ދެ ބައިބައިވެގަނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީއާއި، ދައުލަތުގެ ހުރިހާ މުދަލަކާއި އަދި މުއައްސަސާތަކުގެ އިތުރުން މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ގައުމު އިންޑިއާވެސް އޮތީ މި ސަރުކާރާއިއެކުކަމަށާއި، ޕީޕީއެމް/ޕީއެންސީއިން ރިޔާސީ އިންތިހާބުގައި ވާދަކުރީ މި ކަންކަމާއިކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީއިން އެމްޑީޕީ ބަލިކުރިއިރު، އެއީ ވެދާނެކަމަށް އެއްވެސް ބަޔަކު އުއްމީދު ނުކުރައްވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެން ހުރިހާ ވައުދުތަކެއް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވާ އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއިން ވެރިކަމަށް އަންނަނީ އެންމެ 5 އަހަރު ވެރިކަން ކޮށް ފައިބައިގެންދިއުމަށް ނޫންކަމަށެވެ. ގާނޫނު ތަންދޭ އެންމެ ގިނަ ދުވަހަކު ޕީޕީއެމް/ޕީއެންސީއިން ވެރިކަން ކުރުމަކީ އެބޭފުޅުންގެ އުއްމީދުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: