ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރު ހިސާބު ދިމާވެއްޖެ، މި އިންތިހާބު ކާމިޔާބު ކުރާނީ %60 ހޯދައިގެން: އަދުރޭ

ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރުގައި ޖެއްސެވި ހިސާބު ދިމާވެއްޖެ ކަމަށާއި އަދި ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ %60 ވޯޓު ހޯދައިގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

“ޝުކުރިއްޔާ ދިވެހިން” ނަމުގައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ މިފަހަރު އިންތިހާބު ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ ހިސާބަކަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޕީއެންސީއިން %60 ހޯދައި އެމްޑީޕީ ބަލިކުރާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ފުރަތަމަ ބުރުގައި ޕީއެންސީއިން ހޯދި ކާމިޔާބީގެ ބޮޑު ހިއްސާއެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ނޫނެކޭ ބުނެފައިވަނީ ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ރައްޔިތުން ބޭނުންނުވާތީ ކަމަށެވެ. އަދި ގޮތް ނޭންގޭ އެގްރިމެންޓްތަށް ހަދައިގެން ކަނޑުތަކާއި ފަރުތަކާއި އަދި ބިންތަކާއި ހަރުމުދާތަށް ވިއްކަން ބޭނުން ނުވާކަމަށާއި، އަނިޔާވެރިކަން އާންމުވާން ބޭނުން ނުވާ ކަމަށާއި އަދި ހިޔާނާތާއި ފިތުނަ ފަސާދަ އުފައްދަން ބޭނުންނުވާކަމަށެވެ. އަދި ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ. މުއިއްޒު ޔާމީންގެ ލަފާފުޅާއި އެއްގޮތަށް ނެރެފައިވާ މެނިފެސްޓޯ ރައްޔިތުން ބަލައިގަނެފައި ވާކަމަށެވެ.

ދިވެހި ރައްޔިތުން ބުނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތޭ ކިޔާ އެ ހިޔާނާތް ބަލަން އައި ސަރުކާރުން އެ ހިޔާނާތުގައި ބައިވެރިވި އެއްވެސް މީހަކަށް އަދަބު ނުދީ، އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިނުގަންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރަމުން ގެންދާ އަނިޔާ ބަލައިނުގަންނަކަމަށް ރައްޔިތުން ބުނެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ދިިވެހިން ބޭނުންވަނީ އިސްލާމް ދީނަށް ކަމޭ ހިތާ އަދުލުވެރިކަން ގާއިމުކުރާ އަދި އެކުވެރިކަމާއި އެއްބައިވަންތައް ބަޔަކު ދިރިއުޅޭ ގައުމެކެވެ. ގާނޫނު ބާރު ހިނގާ ދައުލަތެއް އޮންނަ އަދި ކޮރަޕްޝަނާއި ފަސާދައަށް ފުރުސަތު ނުދޭ ވެރިކަމެކެވެ. ކޮންމެ މީހަކު ކުށެއް ކުރިޔަސް، ހައްގު އަދަބު ދޭ އިންސާފުވެރި ޝަރުއީ ނިޒާމެއް ކަމަށެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ އަނިޔާވެރިކަން އާންމުވާކަށް ރައްޔިތުން ބޭނުންނުވާކަމަށް ބުނެފައި ވާކަމަށެވެ. އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ނުހޯދި ފަސް އަހަރު ވޭތުވެގެން ދިޔުމުން ރައްޔިތުންނަށް އެކަން ކަމުނުދާކަމަށް އެމީހުން ބުނެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ބުނަނީ ޑރ. މުއިއްޒުއަށް އިތުބާރުކުރައްވާ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދު ތަކަކީ “ހުސް” ވައުދުތަކަކަށް ނުވާނެ ކަމަގުގެ ޔަގީންކަން އެމީހުންނަށް އޮތް ކަމަށާއި، އަދި ވައުދުތައް ފުއްދާނެ ގޮތްވެސް މުއިއްޒުއަށާއި ޔާމީން އަށް އެނގި ވަޑައިގަންނަވާނެ ކަމަށް ރައްޔިތުން ބުނާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ތަރައްގީ ތަޖުރިބާ ކޮށްފައިވާކަމަށާއި، އެ ތަރައްގީ އަދިވެސް ދެކެން ބޭނުންވާކަމަށާއި ބަލަން ބޭނުންވަނީ ލޮލަށް ފެންނަތަރައްގީ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ޒުވާނުން ވެސް ބުނަމުން އަންނަނީ “ޕިކަޕަށްލާ މަގުމަތިކޮށްލާ” މަންޒަރު ބަލަން މަޑުމަޑުން ނުތިބޭނެ ކަމަށެވެ. ޒުވާނުންނަށް ފުރުސަތު އޮތް، ދައުރެއް އޮތް ސަރުކާރެއް ގާއިމް ކުރަން އެމީހުން ބޭނުން ވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.  އަންހެން ބޭފުޅުން ބުނެފައިވަނީ ގައުމު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާނީ އެމީހުން ކަމަށާއި އެމީހުންނާއި ނުލާ ގައުމުގައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށާއި އަދި އަނިޔާވެރިކަމާއި ދުރަށްދާން އެމީހުން ގައިގައި ހިއްވަރު ހުންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ވަނީ 46 އިންސައްތަ ލިބިވަޑައިގަންނަވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 39 އިންސައްތައެވެ. އެހެން ކަމުން 30 ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ދެވަނަބުރުގައި ވާދަކުރައްވާނީ ޑރ. މުއިއްޒު އާއި ރައީސް ސާހިލް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: