ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް އޮތް ޖެހުން، ދެ ފަރާތުން ހައްލުކުރަންޖެހޭ ކަމެއް!

މަސްވެރިންތަކެއް އައިނަކަށް އަރާ މަސްބާނާ މަންޒަރު:_ފޮޓޯ- ދިވެހި މަސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރަންޖެހެއެވެ. މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. ހަމައެއާއެކު މަސްވެރިންވެސް މިއަދު ގައުމު އޮތް ހާލަތަށްވެސް ބަލާންޖެހެއެވެ. މިވަގުތަކީ ސަރުކާރަށް ޑިމާންޑުކޮށްގެންވެސް ކަންކަންވާނެ ފަދަ ހާލަތެއް ނޫންކަން ދަންނާން އެބަޖެހެއެވެ. މަސްވެރިން އަތުން މަސް ގަންނަ ފަރާތާއި އެ ބޭރަށް ވިއްކާ ފަރާތާއި އެ ފަރާތް އެއްބަޔަކަށް ވެއްޖެނަމަ ދެންވާނީ ކިހިނެއްކަން ބުނެދޭން އެހާ ފަސޭހައެއް ނުވާނެއެވެ.

މަސްވެރިން އަތުން 13 ރުފިޔާއަށް މަސް ކިލޯއް ގަނެގެން އޭގެ މަސް ފޮއްޗެއް ދަޅުގައި ބަންދުކޮށް 15 ރުފިޔާއައްވުރެ ބޮޑު އަގުގައި އެ މަސްވެރިޔާއަށް ވިއްކާއިރު މަހުގެ އަގު ނެއްކަމަށް އެ މަސްވެރިޔާގެ ކާރީގައި ބުނުމުން އެވާހަކަ ހަމަ ޤަބޫލު ކުރޭވޭނެ ހަމައެއްވެސް ނެތެވެ.

ހުރިހާ ސަރުކާރަކުން ވެސް މަސައްކަތް ކުރަނީ މިފްކޯ ބޭނުންކޮށްގެން މަސް ބޭރުކޮށް އަދި މަސްގަނެވޭތޯއެވެ. ނަމަވެސް އެނޫން ގޮތެއްވެސް މިހާރު ހޯދަން ވެއްޖެއެވެ.

މައްސަލައަކީ މިފްކޯއެއް އަދި މަސްވެރިންނެއްވެސް ނޫނެވެ. މައްސަލައަކީ ހުރިހާކަމެއް ރޭވުންތެރިކަމެއް ނެތި ސަރުކާރުން ކުރަން އުޅުމެވެ.

ސަރުކާރުގައި ޤާބިލުކަމެއް ނެތުމުގެ އިތުރުން ކޮރޮޕްޝަންގެ އަމަލުތައް ގިނައީއެވެ. އަދި ސަރުކާރުގެ ސިޔާސަތު ފީކަޅައީއެވެ.

މި ޒަމާނުގައި ކޮރޮޕްޝަނަށް މަގު ފަހިވާގޮތަށް ނުއަގުގައި އާއި ރޯމަސް ވަކި ދިމާލަކަށް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަސް ބަންދު ކުރެވޭނެ ފެކްޓަރީތައް ހުންނަން އެބަޖެހެއެވެ. އެކަމަކު ސަރުކާރުން ގަސްތުގައި އެކަން ކުރަން ބޭނުން ނުވަނީހެން ވެސް ހީވާކަހަލައެވެ.

މަހުގެ އަގު މިގޮތަށް ކޮންޓްރޯލް ކުރުމަކީ އެއްބަޔަކަށް އަބަދުވެސް ގެއްލުންވުން ކައިރިކަމެކެވެ. މަހަކީ ދުނިޔޭގެ ބަޒާރުގައި އަގު އުފުލި އަރާ އެއްޗެކެވެ. އަސްލު މައްސަލައަށް ނުދަނީސް މިޤައުމުގެ އުފެއްދުންތެރިކަންދާނީ ދަށަށެވެ.

މި ޤައުމަށް ލިބޭ ބޭރުފައިސާ ރާއްޖޭގެ ބޭންތަކަށް ވަންނަނަމަ ޑޮލަރެއްގެ އަގުއުޅޭނީ 10 ރުފިޔާއިން ދަށުގައެވެ. އެހެންނަމަ މަސްވެރިން ތެޔޮ ގަންނާނީ އަގު ހެޔޮކޮށް އަދި މަސްވެސް އަގު ހެޔޮވާނެއެވެ. ރިސޯޓްވެރިން އުފާކޮށްދޭން ކަޅުބާޒާރު ހަދާ ރައްޔިތުންނަށް ކެހިދިނުން ހުއްޓާންވެއްޖެއެވެ.

ދެން އަދި އެހެން ވާހަކައެކެވެ. މަސްވެރިން ބުނާހާ ގޮތެއްވެސް ނުހެދޭނެ އެވެ. އަދި ހެދޭކަށްވެސް ނޯންނާނެއެވެ. މަސްވެރިން އާންމުންނަށް މަސް ވިއްކަނީ ޢާއްމުން ބުނާ އަގަކުވެސް ނޫނެވެ. ވީއިރު މަސްވެރިން ބުނާހައި އަގަކަށް މަސް ކިރާކަށްވެސް ނުޖެހޭނެ އެވެ. ރައީސް މައުމޫން ދައުރުގައި ވެސް، ތިގޮތަށް ނުކިރޭ ވަރަށް ހއ. ދިއްދޫ މަސްވެރިން ތަކެއް މަސް ބޭނިއެވެ. ނުކިރުނީމައި ޓަނަކަށް ވުރެ ގިނަ މަސް ގެންގޮސް ދިއްދޫގެ އޮފީސް ތެރެއަށް އަޅައި އިސްރާފު ކުރީއެވެ. އަދި އަދަދަށްވެސް މި ފެންނަނީ އެފަދަ ސިޔާސީ ކުޅިގަނޑުތަކުން ނުކުންނަ ނަތީޖާއެވެ. ސިނާއަތް ރަނގަޅުވުމުގެ ބަދަލުގައި ދަނީ ގޯހުން ގޯހަށެވެ.

މަސް ވިއްކާ މީހާ، ވިއްކާ އަގު ބުނީމަ ގަންނަ މީހާއަށް އެ އަގަށް ގަނެވެންޏާ ގަންނަންވީއެވެ. ވިއްކާ މީހާ ބުނާ އަގެއްގައި ގަންނަ މީހާ ގަންނާކަށް މަޖުބޫރެއް ނޫނެވެ. ގަންނަ މީހާ ބުނާ އަގެއްގައި ވިއްކަންވެސް މަޖުބޫރެއްނޫނެވެ. 1979 ވަނަ އަހަރު އުފެދުނު ކުންފުންޏެއް މިހާ ބަލިކަށިކޮށް ފެންނަނަމަ އެއީ ދެރަކަމެކެވެ. ރާއްޖޭގަ ހުރި އަމިއްލަ މީހުންގެ ކުންފުނިތަކުން ޗެލެންޖްކުރަނީ މިފްކޯއާއެވެ. ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު މިފްކޯގެ ވެރިން ބަދަލުވެއެވެ. ސަރުކާރު ހިއްސާވާ ކުންފުނި ތަކަކީ އެކުފުނިތަކަށް ލިބިފައިވާ ރިސޯސް ތަކަށް ބަލާއިރު 20 އިންސައްތަ އެފިޝަންސީގައި ހިނގާ ތަންތަނެވެ. އެހެންވަނީ އެއަންނަ ސަރުކާރު ތަކުން އެކުންފުނި ތަކަށް ލާބޮޑުންގެ އިހްލާސްތެރިކަމެއް ނެތުމާ ކަންކަން ކުރަން ނޭނގުނަސް އަންޔަނު ކުރާތީއެވެ. ދެން ދަށަށް ތިބޭ މީހުންވެސް ހެދުނު އެއްޗެއް ހަދަނީއެވެ. ހުރިހާ ޒިންމާއަކާ ގެއްލުމެއް މިވަނީ ރަށްޔިތުންނަށެވެ.

ސަރުކާރުގެ އަތްދަށުން މިފްކޯ ކަހަލަ ތަންތަން ދޫކޮށްލާން ގޮވާ ފަރާތްތަކަކީ ހަގީގަތުގާ ބޮޑެތި ދެތިން ކުންފުނިތަކާ ގުޅުންއޮތް ފަރާތެއް ކަމުގާވެދާނެއެވެ. މިފްކޯ އުފެދުނީއްސުރެ މަސްދަޅުގެ އަގުތައް ގާތްގަނޑަކަށް އެއްވަރެއްގާ ހިފެހެއްޓިގެންމިދަނީ ބައެއްގެ ގުރުބާނީންނެވެ. ދުނިޔޭގެ ހުރިހާ މައްސަލައަކީ ވެސް ވާހަކަ ދައްކައިގެން ޙައްލު ކުރެވޭނޭ މައްސާލަތަކެވެ. މާލޭ މާރުކޭޓުގަ މަސް ކިލޯއެއް ފަންސާހަށް ވިއްކާއިރުވެސް ހަމައަގަކަށް ނުވެއެވެ. ދަނޑުވެރިންވެސް ހައްދާ ތަކެތި ނުވިކިގެން އުކާލަންވެސް އެބަޖެހެއެވެ. ދެން ސަރުކާރުން ހުރިހާ އެއްޗެއް ގަނެފަ ކަނޑަށް އަޅަންވީހެއްޔެވެ.

މަސްވެރިކަމުގައި އުޅޭ ވިޔަފާރިވެރިންގެ ވަސް މިވަނީ ވަރަށް ގަދަވެފައެވެ. ހއ. ދިއްދޫ މަސްވެރިން ލައްވާ ފުރަތަމަ އެޅުވީ އޮފީހަށް މަސްތަކެވެ. މިއަދާ ހަމައްއައިރުވެސް މަސްވެރިންގެ ހައްގުތައް ހޯދައި ނުދެވުނުއިރު ބާނާމަސް ކޮޅައް ހަމައަގު މިސަރުކާރަކަށްވެސް ނުދެވުނެވެ. މަސްވެރިންގެ ހައްގު ހިމާޔަތް ކުރާށޭ ކިޔާފައި އަބަދުވެސް އުޅެވެނީ އޮޑިވެރިޔާއަށް ރަނގަޅުގޮތް ހޯދައިދޭށެވެ. ސަބްސިޑީ އެއްވިޔަސް، ލޯނެއްވިޔަސް އޮޑިވެރިންނަށެވެ. ފަޅުވެރިންގެ ހައްގު ހިމާޔަތްކުރަން ނުޖެހޭ ކަހަލައެވެ. ރިސޯޓު މުވައްޒަފުންގެ ސާވިސްޗާޖު ބަހަންވެސް އޮންނަނީ ގާނޫނަކުން ކަނޑައަޅާފައެވެ. މަސްވެރިންގެ އާމްދަނީ ބަހާނެ ގާނޫނެއް ބޭނުންވާ ހިސާބަށް ހިގައްޖެއެވެ.

ޓޫރިޒަމް ވިޔަފާރި ސަރުކާރުން އޮތީ ދޫކޮށްލާފައެވެ. ޤައުމަށް ވަތް ޑޮލަރުތައްހުރީ ރާއްޖޭން ބޭރުގަ ފޮރުވާފައެވެ. ޤައުމު ބަނޑަށް ޖެހުނު ވަގުތު އެއެއް ފެންނާކަށްނެތެވެ. ޢިންޑަސްޓްރީގަ ތިބި މަހުޖަނުން އޯވަރނައިޓް އަކުން އެންމެ ފަޤީރުންނަށް ބަދަލުވެ ދައުލަތަށް ބަލަދުއެރީއެވެ. ކޮންމެ ކަމެއްގަވެސް ކޮންޓްރޯލް އެންޑް ބެލެންސް ވިޔަފާރިވެރިންގެ އަތްމައްޗައް އެއްކޮށް ދޫކޮއްލުން ގޯހެވެ. ޢިންޑަސްޓްރީއެއްގައި އާއްމު މީހާގެ ހައްޤު ހިމާޔަތްކުރެވޭނީ ސަރުކާރު އެކަމުގަ ހިއްސާވެގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: