ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ އަމާޒުހުރީ ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޑިސެމްބަރު 26، 2004 ގައި ރާއްޖަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާ ކުރައްވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހުގެ ހަނދާންތައް ވަރަށް ބިރުވެރިކަމަށާއި އެ ހާލަތުން އަރައިގަތީ އެކުގައި ކަމަށެވެ.

“ހިތާމައަކީ 16 އަހަރަށް ފަހު މިގައުމުގެ ރައީސް(ރައްޔިތުން އެއްބައިވަންތަ ކުރުމަށް) ވިސްނުނު އެންމެ މޮޅު އުކުޅަކީ، 1953 އާ ހަމައަށް އަތްފުނާ އަޅައި ފަރުދުންގެ މައްސަލަތައް އުފަންކޮށް ނަފްރަތާއި ރުޅިވެރިކަމުން ބައިބައިކުރުން.” ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން 2018 ނޮވެންބަރު 17 އާ ހަމައަށް ހިނގާފައިވާ ލާއިންސާނީ އަމަލުތައް ބެލުމަށް އިންތިޤާލީ އިންސާފުގެ ބިލު ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ.

ސައީދު ވިދާޅުވި ގޮތުގައި އެ ބިލު އެންމެ ފުރަތަމަ އަރާ ހަމަކުރަނީ މިއަދުގެ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންނާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: