ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީގެ ހިތްދަތިކަމުން އަރައިގަނެވުނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

2004 ވަނަ އަހަރު ދިވެހި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި އެހާ އަވަހަށް ކާމިޔާބީ ހޯދިފައި ވަނީ ދިވެހިންގެ ތެރެއިން ފެނިގެންދިޔަ އެއްބައިވަންތަ ކަމުގު ސަބަބުން ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީގެ 16 އަހަރުކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ހާދިސާގައި ރާއްޖެއަށް އެކި ގޮތްގޮތުން ދުނިޔޭގެ އެކި ޤައުމުތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުން ލިބިފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުމަށް މިއަދު ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ދުށް އެންމެ ހިތްދަތި، ދުވަހަކީ ސުނާމީގެ ބިރުވެރި، ހިތްދަތި ދުވަސްކަމަށެވެ. އެދުވަހު ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ގެއްލުންތަކަކީ ހަނގުރާމައިގެ މައިދާނެއްގައިވެސް ލިބިގެންދާފަދަ ނުރައްކާތެރި ބޮޑެތި ގެއްލުންތަކެއްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެތައްބައެއްގެ ގެދޮރާއި މުދާ ނެތިވެ، އެތައް ފުރާނައެއް ވަކިވެ ދިޔަކަމީ މިއަދުވެސް އެހިތާމަ ދިވެހިން ކުރަމުންދާ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

ސުނާމީގެ ހިތްދަތި ދަނޑިވަޅުން އަރައިގަތުމަށް ބޭރުގެ އެކި ޤައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުން ލިބިގެންދިޔަ އެހީތެރިކަމަކީ މިފަދަ ދުވަހެއްގައި ޝުކުުރުވެރިކަމާއިއެކު ފާހަގަކުރަންޖެހޭ ކަންތައްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސުނާމީ ހާދިސާއަށް 16 އަހަރު ފުރިގެންދާއިރު، ދުނިޔޭގެ އެކި ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަމާއިކު ރާއްޖެއިން އެކަމުން އަރައިގަނެވިފައިވަނީ ދިވެހިންގެ ތެރެއިން ފެނިގެންދިޔަ އެއްބައިވަންތަކަމުގެ ސަބަބުންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

“އެހިތްދަތިކަމާއި އެ ނުރައްކާތެރިކަމުން އަރައިގަތުމުގައި، ދިވެހިރާއްޖެ ހޯދި ކާމިޔާބީވެސް އަޅުގަނޑު ދުށިން. އެކާމިޔާބީގެ ފަހަތުގައިވާ ހަގީގީ މަސްދަރަކީ ކޮބައިކަންވެސް އަޅުގަނޑަށް އެގޭ. އެހަޤީޤީ މަސްދަރަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން. އެއްބައިވަންތަކަން. ދިވެހި ރާއްޖޭގެ ރައްޔިތުން 26 ޑިސެމްބަރު 2004 ގައި އެދިމާކުރި ވަރުގަދަ ރާޅާއިއެކު އެއްބައިވެގެން އެކުވެރިވެގެން އެދިޔަ ދުވަހަށްވުރެ ގަދަޔަށް ދިވެހި ރައްޔިތުން އެއްބައިވި ދުވަހެއް ދިވެހި ރާއްޖޭގެ ތާރީހުގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ.” ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: