ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީ އިން މެދުވެރިވި ހިތާމަވެރިކަމުން އަރައިގަނެވުނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުން: ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސުނާމީ އިން މެދުވެރިވި ހިތާމަވެރިކަމުން އަރައިގަނެވުނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުނާމީގެ ހަނދާންތަކަކީ ހިތްދަތި ހަނދާންތަކެއް ކަމަށާއި ދިވެހި ޤައުމު އެދުވަހު ސަލާމަތްވީ ﷲ ގެ ރަޙުމަތުން ކަމަށެވެ.

“ސުނާމީ އިން މެދުވެރިވި ހިތާމަވެރިކަމުން އަރައިގަނެވުނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުން. ސުނާމީގައި ޝަހީދުވި އެންމެނަށް ﷲ ރަޙުމަތް ލައްވާށި. އާމީން” ޝަހީމް ވިދާޅުވިއެވެ.

ސުނާމީ ކާރިސާއަކީ، ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާއެވެ. މިއަދަކީ، ސުނާމީގެ ބިރުވެރި ކާރިސާ ކުރިމަތިވިތާ 16 އަހަރުފުރުނު ދުވަހެވެ. މުޖުތަމަޢަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ، އެމުޖުތަމަޢަކީ އުޚުއްވަތްތެރި އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއްކަމުގައި ވުމެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާގެ ކަނޑު އަޑިއަށް އައި ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ގުޑުންތައް 8 މިނިޓާއި 10 މިނިޓާއި ދެމެދަށް ދެމިގެން ދިޔައިރު، ރާއްޖޭގެ ގަޑިން 5:58 ގައި އައި ބިންހެލުމާ ގުޅިން ސުނާމީގެ ބިޔަރާޅުތައް އުފެދުނެވެ. އެ ރާޅުތަކުގެ އުސްމިނުގައި 50 ފޫޓާއި 160 ފޫޓާއި ދެމެދުގެ އުސްމިން ހުރި އިރު ރާއްޖެއަށް ސުނާމީގެ ރާޅުތައް އަރަންފެށީ ހެނދުނު 9:20 ގައެވެ.

ބިރުވެރި ކާރިސާގައި ދިވެހިންގެ ތެރެއިން 82 މީހަކު ނިޔާވެ، 26 މީހަކު ވަނީ ގެއްލިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: