ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެމެންގެ ޖަޒީރާތައް ގުޅުވާލަނީ އެއްބައިވަންތަކަމުގެ ފާލަމުން: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ޖަޒީރާތައް ގުޅުވާލަނީ އެއްބައިވަންތަކަމުގެ ފާލަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މީގެ 16 އަހަރު ކުރިން ރާއްޖެއާއެކު ދުނިޔޭގެ ގިނަ ގައުމުތަކަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން މިއަދު ފާހަގަކުރާ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުފަލާއި ހިތާމައިގައިވެސް ދިވެހިރާއްޖެއަކީ ބަދަހި ޤައުމެއް. ކަމަށާއި ދިވެހިން އިސްކުރަނީ އިސްލާމް ދީނާއި ޤައުމިއްޔަތު ކަމަށެވެ.

“އަހަރެމެންގެ ޖަޒީރާތައް ގުޅުވާލަނީ އެއްބައިވަންތަކަމުގެ ފާލަމުން. ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް އަރިސްކުރަން.” އިމްރާން ވިދާޅުވިއެވެ.

ދުވަހުގެ މުނާސަބަތުގައި އިމްރާން ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ދިވެހިންގެ އެންމެ ފަޚުރުވެރި އެއްސިފައަކީ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި، އޯގާވެރިކަން ކަމަށެވެ. އަދި އަބަދުވެސް ދިވެހިން އެސިފަތަކުން ޒީނަތްވެ ތިބެންޖެހޭ ކަމަށާއި ދިވެހިންނަށް ލިބޭ އެންމެބޮޑު އުފަލަކީ، ޝަރަފަކީ އެއީ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މި ދުވަސް ދިވެހިން ފާހަގަކުރަމުންދަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކޮށް ދިވެހިން އެދުވަހު ދެއްކި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރާ ދުވަހުގެ ގޮތުގަ އެވެ.

އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: