ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގާލީ އިންސާފުގެ ބިލާއެކު ނަޝީދު އޮންނަންޖެހޭނީ އެއްހާސް އަހަރު ޖަލުގައި: ޖަމީލް

އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ޑރ. ޖަމީލް ވާހަކަ ދައްކަވަނީ_ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިގާލީ އިންސާފުގެ ބިލު ތަންފީޒުކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެއްހާސް އަހަރު ވަންދެން  އޮންނަންވަންޖެހޭނީ ޖަލުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރުހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަލީމް ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލް މި ސަރުކާރުން ވަކި ބަޔަކަށް އަމާޒުކުރި ޤާނޫނެއް ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމެއްގައި އެ ބިލް ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ އިންތިޤާލީ އިންސާފުގެ ގާނޫނުގެ ދަށުން ނޮވެންބަރު 3، 1988 ގައި ޝަހީދުވި ބަތަލުންގެ އާއިލާތަކަށް އިންސާފު ހޯދައި ދޭނެ ކަމަށެވެ. މީގެ ކުރިން ރައީސް ނަޝީދު ދިގު މުއްދަތަށް ޖަލަށްލައްވާނެ ކަމަށް ވިދާޅުވިޔަސް މިޙާރު އެހެން ވިދާޅުވެވެން ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އެ ވިދާޅުވީ 2013 އިގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޮތް ޖަލްސާއެއްގައި “އިންތިޚާބު ވިޔަސް ވެރިކަން ހަވާލު ނުކުރާނަން” ކަމަށް ވިދާޅުވެ، އަދި ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލަށްލާނެ ކަމަށް ވިދާޅުވި ވާހަކައެވެ.

އޭގެ ބަދަލުގައި މިހާރު ވިދާޅުވެވެން އޮތީ އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒުވެއްޖެނަމަ ނަޝީދު އެއްހާސް އަހަރު އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ވާހަކަ ކަމަށް ޖަމީލް ވިދާޅުވިއެވެ.

“މި ބިލުން އަބްދުﷲ ޤާޒީ ވަގަށް ނެގި މައްސަލައާއި، ސިޔާސީ ލީޑަރުން ނިޒާމުން ބޭރުން އެކަހެރި ކުރި މައްސަލަ ބެލޭނެ، އިންތިގާލީ އިންސާފުގެ ބިލް ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެނަމަ ރައީސް ނަޝީދު، އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއްހާސް އަހަރު ޖަލުގައި އޮންނާނެ” ޖަމީލް

އިންތިގާލީ އިންސާފުގެ ގާނޫނަކީ ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކުރުމަށް އެކުލަވާލި ޤާނޫނެކެވެ.

މީގެ އިތުރުން އިދިކޮޅު ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީން މިއަދު ގެންގުޅޭ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ދުވަނީ ވަޙުޝަތުގެ ނުބައިވަސް ކަމަށެވެ. އަދި މިސަރުކާރުން ވެރިކަމަށް އައިސް މުޅި ނިޒާމު ފުޑުފުޑުކޮށް ރާއްޖޭގެ ދުސްތޫރު ނެތިކޮށްލާފައި ވާކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިއަދު ރާއްޖޭގެ ޖުޑީޝަރީއަކީ އެމްޑީޕީން ބޭނުންގޮތަކަށް އަމުރުނެރެ ވަކި ބަޔަކަށް އިންސާފު ގާއިމްކުރެވޭ ގޮތަށް އެކުލަވާލާފައިވާ ނިޒާމެއްކަމަށެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ބަހަނާއަކީ މެޖޯރިޓީ ނެތުން ކަމަށްވިޔަސް ރައްޔިތުން މިސަރުކާރަށް ވެރިކަމުގެ ނިޒާމާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުންވެސް ރައްޔިތުންގެ ހާލަތު ނިކަމެތިވުން ނޫންކަމެއް ނުވާކަމަށެވެ.އަދި މިއަދު މެޖޯރިޓީން ރައްޔިތުން ބިކަހަލާއިކުގައި ޖައްސައި ނުހައްގުން އެތައް ބަޔަކަށް އަދަބު ދެމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: