ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދީފިނަމަ މުޅި ގައުމު ފެއިލް ވާނެ

ޝެއާރކޮށްލާ ކަހަލަދޯ؟
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދީފިނަމަ މުޅި ގައުމު ފެއިލް ވާނެ ކަމަށް ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަދި އެ ޕާޓީގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ކނިވާ ސަރަހައްދުގައި އިދިކޮޅުން މިރޭ ބޭއްވި “ވިސްނާ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހިދުމަތް ކުރަން ކަމަށެވެ. ނަމަވެސް ހަމައެކަނި “ފޮނި ވާހަކަ” ތަކުން ރައްޔިތުން ހައްލައިގެން އިންތިހާބުތައް ހޯދަމުންދާ ބަޔަކު ވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ.

އޭނާ ވިދާޅުވީ ހިތްދަމައިގަންނަ ގޮތްގޮތަށް ޝިއާރުތައް ހަދައިގެން ކެންޕޭން ކުރާ ކޮންމެ ބަޔަކީ ރައްޔިތުންނަށް އިހުލާސްތެރި ބަޔަކަށް ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ދީފިނަމަ މުޅި ގައުމު ފެއިލްވާނެ ކަަމަށްވެސް ޣައްސާން ވިދާޅުވި އެވެ.

” މޮޅު ވާހަކަ ދެއްކުމުގެ ތެރޭގައި، ތާހިރު ދިރިއުޅުމެއް ހޯދުމުގެ ނަމުގައި ގެނައި އަނެއް ދިވެހިރާއްޖެ އާއި އިންސާފުގެ ދަތުރެކޭ ކިޔައިގެން ގެނައި މި ސަރުކާރު ފެއިލްވެފައި އޮތްގޮތަށް ރަށްވެހިފަތިހަކަށް އެ މީހުންނަށް ކައުންސިލް ދީފިއްޔާ މުޅި ގައުމު ވާނީ ފެއިލް،”

ޣައްސާން ވިދާޅުވީ ޕީޕީއެމުން ވެރިކަމަށް އައުމަށްވެފައިވާ ވައުދުތައް ފަސް އަހަރުތެެރޭ ފުއްދާފައިވާ ކަމަށާ އެކަންކަން މިއަދު ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ފެންނަން އެބަ ހުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: