ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތް ކުރާ ފުލުހުންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތް ފުލުހުންގެ ބިލް ތަސްދީގުކޮށްފި

ފުލުހުން މާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ތެރޭގައި ބަޣާވަތް ކުރުމާއި، އެކަމަށް ހިތްވަރު ދިނުމާއި ބަޔަކު ރާވާކަމެއް އެނގި ހުރެ އެކަމެއް ސިއްރުކުރުން އެއީ ޖިނާއީ ކުށަކަށްވާ ގޮތަށް ކަނޑައަޅާ ގިނަ އިސްލާހުތަކާއި އެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުލުހުންގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، ޑިސެމްބަރު 06 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކުރާ ފުލުހުންގެ ހިދުމަތް ގާއިމް ކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާއި ގުޅޭ އެ ނޫން ވެސް ކަންކަން ބަޔާން ކުރުމަށް އެކުލެވޭ ބިލެކެވެ.

މި ބިލު ގާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ ”މޯލްޑިވްސް ޕޮލިސް ސާވިސް“ ގެ ނަން ”ދިވެހި ފުލުހުންގެ ހިދުމަތް“ އަށް ބަދަލުވާނެއެވެ. ގާނޫނުގައި ވާ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތަށް އިނގިރޭސި ބަހުން ބޭނުންކުރާނީ ”މޯލްޑިވްސް ޕޮލިސް ސާވިސް“ އެވެ.

ފުލުހުންގެ ބިލު ގާނޫނަކަށް ބަދަލުވުމުން ފުލުހުންގެ ބަޔަކާއި އެހެން ބަޔަކު ގުޅިގެން ހިންގާ އެ އަމަލުތަކުގެ ސަބަބުން ފުލުހުން ކުށްވެރިވާނެ އެވެ. އަދި އާއްމުންގެ ތެރެއިން ބަޔަކު ހިންގާ އަމަލަކަށް ފުލުހުންގެ ފަރާތުން ހިތްވަރު ދީފިނަމަ، ނުވަތަ އެފަދަ އަމަލެއް ހިންގަން އުޅޭކަން އެނގިތިބެ ފުލުހުންގެ އިސްވެރިންނަށް ނާންގައިފިނަމަ އެ ފުލުހަކު ކުށްވެރިވާނެ އެވެ. މި ބިލުގައި ވަނީ ފުލުހުންގެ ވަޒީފާގައި ހުރުމަށްފަހު އެއްވެސް އެންގުމެއް ނެތި ވަޒީފާ ދޫކޮށް ގޮސްފިނަމަ ނުވަތަ ދާން މަސައްކަތް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބުނެފައެވެ.

މީގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ބިލުގައި ބަޣާވަތް ކުރުން ކަމުގައި ބެލެވޭނެ ހާލަތްތައް މި ބިލުގައި ހިމަނާފައި ވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަޣާވާތް ކުރުމަކީ އެއީ ގާނޫނީ ކުށެކެވެ. ފުލުހުންގެ ފަރާތުން އެފަދަ އަމަލެއް ފެނިގެން ދިއުމާއި ގުޅޭގޮތުން ވަކި ބާބެއް ހިމަނާފައި ވެއެވެ.

ފުލުހަކަށްވެ ހުރެ، ފުލުހުން ތެރޭގައި އެހެން ފުލުހަކާ ނުވަތަ ފުލުހުންގެ ބަޔަކާ ބައިވެރިވެ، ނުވަތަ ފުލުހުން ނޫން ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުން ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމާއި ނުވަތަ އެ މަގުސަދުގައި ތިމާ އަދާކުރަން ޖެހޭ ޑިއުޓީތަކާއި ހަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެން މީހުންނަނަށް ހިތްވަރުދީ ހެދުމަކީ ބަޢާވާތްކުރުންގެ ގޮތުގައި ބިލުގެ ދަށުން ކަނޑައަޅާފައި ވެއެވެ.

ބިލުގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ފުލުހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅެއް އެޅުމަކީ ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ ކުރުމަކީ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކުށަކާއި ގުޅިގެން ދައުވާ ނުއުފުލޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އެއީ އެއް ކުށަކަށް ދެ ފަހަރަށް އަދަބު ދިނުން ވެސް ނޫންކަން ފާހަގަކޮށްފައި ވެއެވެ.

މި ބިލު އެކުލަވާލުމުގައި އެންމެ ހާއްސަ އިސްކަމެއް ދީފައިވަނީ ފުލުހުންގެ ހިދުމަތަކީ އެއީ މިހާރަށް ވުރެ ރަނގަޅު، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށެވެ. އެގޮތުން ބިލުގައި ހިމަނާފައިވާ ބައެއް މުހިންމު ބައިތަކުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވުމުގައި ފުލުހުންނަށް ދީފައިވާ ބާރުތައް، ފުލުހުންނާއި މެދު ހުށަހެޅޭ ޝަކުވާތަކާއި މެދު އަމަލު ކުރާނެ ގޮތާއި އަދި ފިޔަވަޅު އެޅުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: