ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަން ކުންފުނީގެ ދިފާއީ ހެއްކަކަށް ރައީސް ޔާމީންގެ ނަން ހުށަހަޅައިފި

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް/ ފޮޓޯ: ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ނަން އެ ކުންފުނީގެ ފަރާތުން މިއަދު ހުށަހަޅައިފިއެވެ.

ސަން ކުންފުނީގެ މައްޗަށް މަނީ ލޯންޑަަރިންގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ސަން ކުންފުނީގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ ދެ ނަމެކެވެ.

އެއީ ރައީސް ޔާމީންގެ އިތުރުން ސަން ކުންފުނީގެ މުވައްޒަފެއް ކަމުގައިވާ މުހައްމަދު ޝާމިލްގެ ނަމެވެ.

އެ އަޑުއެހުމުގައި ސަން ކުންފުނީގެ ގާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވީ އެ ކުންފުނީގެ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަން ހުށަހެޅުއްވީ އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެއަށްވާ ދިވެހި ރުފިޔާ އެމަނިކުފާނަށް އެ ކުންފުނިން ދޫކުރިކަން ސާބިތު ކުރަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: