ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާން ވެއްޓެއް ގާއިމް ކުރުމަށް މި ސަރުކާރުން އިސްކަން ދޭ: ފައިސަލް

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވަރަށް ބޮޑު ސަމާލުކަމެއް އަދި އިސްކަމެއް ދެއްވާ ކަމެއް ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ “އަޕަރ ސައުތު ޕޮލިސް” ގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ހިދުމަތް މިއަދު އިފްތިތާހުކޮށްފައި ވަނީ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ފުލުހުންގެ ހިދުމަތް ކުރިއަށްވުރެ ހަރުދަނާކޮށް، އެއީ ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ކޮށްފައިވާ، އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ، މަސައްކަތް ފާހަގަކުރައްވާ، ހުރިހާ ފުލުހުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އަމާން ވެއްޓެށް ގާއިމްކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ނައިބްރައީސް ފާހަގަކުރައްވައެވެ.

“އަޕާރ ސައުތު ޕޮލިސް” ގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު، އެ ކަން ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ ދެ އަތޮޅުގެ ކައުންސިލަށް ފައިސަލް ހަވާލުކުރެއްވިއެވެ.

ނައިބް ރައީސް ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި، މިއަދު މެންދުރު ގއ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، ކޮވިޑް-19 އާ ގުޅިގެން ތައްޔާރުކޮށްފައިވާ އިންތިޒާމުތަކާ ގުޅޭ މައުލޫމާތު ވެސް ވަނީ ސާފުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: