ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއަހަރު ފާހަގަކުރަން ހަވާ އަރުވަނީ 43 ރިސޯޓެއްގައި

ޝެއާރކޮށްލާ ކަހަލަދޯ؟

އާ އަހަރު ފާހަގަ ކުރުމަށް ވިޔަފާރި އުސޫލުން ހަވާ އަރުވަން ހަމަޖެހިފައިވަނީ 43 ރިސޯޓެއްގައި ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އާއަހަރުގެ ހަވާ އެރުމުގެ ކަންކަން މާދަމާރޭ ކުރިއަށް ގެންދިރުމަށް ހަމެޖެހިފައިވާއިރު، މާލޭގައިވެސް އަދި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައިވެސް ހަވާ އެރުވުމެއް ނޯންނާނެކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މާދަމާރޭ 43 ރިސޯޓެއްގައި ހަވާއަރުވުމަށް ހަމަޖެހިފައިވާއިރު، ހަވާއެރުވުމުގައި ހަރަކާތްތެރިވާނީ ސިފައިންކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އާހައަރާއި ދިމާކޮށް މީގެ ކުރިން މާލޭގައިވެސް ހަވާ އެރުވި ނަމަވެސް ކޯވިޑް19 އާއި ގުޅިގެން މާލޭގައި އާ އަހަރުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައިވެސް އާ އަހަރާއި ދިމާކޮށް ޚާއްސަ ކަންތައްތަކެއް ރާވާފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: