ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެއް ނިންމާލީ ވައުދެއް ނުފުއްދި، ސަރުކާރުން ދެއްކީ ހުސް ވާހަކަ: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރު ނިމުނުއިރު ވެސް ސަރުކާރުން ވީ އެއްވެސް ވައުދެއް ނުފުއްދޭ ކަމަށާއި، އޭގެ ބަދަލުގައި ދެއްކީ ހުސް ވާހަކަތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަހަރެއް ނިންމާލީ ސަރުކާރުން ހުސް ވާހަކަ ދެއްކުމުގައި ކަމަށާއި އެންމެން ހާލުގައި ޖެހިފައިވާ ކަމަށެވެ.

“މަސްވެރިންނަށްވީ ވަޢުދު ފުއްދަން ދެކޮޅު. ހުޅުމާލޭގައި އެންމެ ގާކޮޅެއްވެސް އަލަށް ނުބޭއްވޭ. މުޅި ސަރުކާރުގެ ކުންފުނިތައް ބަވަނަވީ ކޮރަޕްޝަނުން. 5 އަހަރުގެ ވެރިކަން ކުރެއްވި ވެރިއަކު ޖަލުގައި ބޮޑު ދެ މުޖްރިމުން ގޭގައި” ޖަމީލު ވިދާޅުވިއެވެ.

އަދި އެސެޓް ރިކަވަރީގެ ނަމުގައި ހެދި ކޮމިޝަނަށް އަދިވެސް އެއްވެސް އެސެޓެއް ރިކަވައެއް ނުކުރެވޭ ކަމަށާއި އެއްވެސް މަރަކަށް އިންޞާފެއް ވެސް ލިބިފައި ނުވާ ކަމަށް ޖަމީލު ވިދާޅުވިއެވެ. އެގޮތުން ރީތި ނަމުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނެންގެވެން އޮތީ ހުސް “ބްލޭމް” ކަމަށް ޖަމީލު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: