ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުކުރަން އުޅެނިކޮށް ހިފަހައްޓާފައި ވަނީ 429 ކިލޯގެ މިޔަރު އުރަހަ!

އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު، ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް/ ފޮޓީޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮނުލީ މަސްގެ ގޮތުގައި ރިކޯޑުކޮށް، އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަ 429 ކިލޯއަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކޮވިޑު-19 އާއި އެކު ރާއްޖޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ދުވަސްތަކަށް ފަހު އިންޕޯޓު އެކްސްޕޯޓު ވަނީ ރަނގަޅުވާން ފަށާފައެވެ. ރާއްޖެއިން އާއްމު ގޮތެއްގައި މަހުގެ ބާވަތްތައް ބޭރުކުރާއިރު އޭގެ ތެރޭގައި ލޮނުލީ މަސް ހިމެނެއެވެ. އަދި މިއަދުގެ ވަގުތެއްގައި އޭވިއޭޝަން ސެކިއުރިޓީއިން ވަނީ އޮޅުވާލައިގެން މިޔަރު އުރަހަ ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފައިވާކަން ހާމަކޮށްފައެވެ.

މި މައްސަލައާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް، ކަސްޓަމްސްއިން ބުނެފައިވަނީ ހިފެހެއްޓި މިޔަރު އުރަހައިގެ ބަރުދަނުގައި ޖުމްލަ 429 ކިލޯ ހުރި ކަމަށެވެ. އަދި އެތަކެތި ބަންދުކޮށްފައިވަނީ 21 ފޮށީގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އުރަހަތައް ރައްކާކޮށްފައިހުރީ ލޮނު މަސްކަމަށް ރިޕޯޓުކޮށް ޑިކްލެއާކުރި ޝިޕްމެންޓެއްގެ ތެރޭގައި ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައިވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މަސް ލޮނުއެޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ފުޅާ ދާއިރާއެއްގައި މިޔަރު މަސް ލޮނުލަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

މިޔަރުގެ ބާވަތްތައް ހިފުން ރާއްޖޭގައި މުޅިން މަނާކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. އޭގެ ކުރިން މިޔަރު ހިފުން މަނާކޮށްފައި ވަނީ ރާއްޖޭގެ ބައެއް ހިސާބުތަކުގައި 1995 ގައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ފަވާއިދުގައިވާ ގޮތުން މިޔަރާއި، މަޑިއާއި، ލަނޑާ ގެ އިތުރުން ވެލާކަހަނބާއި، އެންދެރި ހިމެނޭ ގޮތުން 13 ބާވަތެއް ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި މެރުން ވަނީ މަނާކޮށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ބާވަތެއް ނެގުމާއި، އެބާވަތްތަކުން ވިޔަފާރި ކޮށްފިނަމަ 5،000 ރުފިޔާ އާއި 400،000 ރުފިޔާއާއި ދެމެދުގެ ޢަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ޙިމާޔަތް ކޮށްފައިވާ ބާވަތަކަށް ގެއްލުމެއް ދީފިނަމަ 3،000 ރުފިޔާ އާއި 300،000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: