ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާގޯ ދަތުރުތަކުގައި މުދާ ގެންނަ މިންވަރު އަންނަނީ އިތުރުވަމުން: އަމްރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކާގޯ ދަތުރުތަކުގައި ގެންނަ މުދާ އަންނަނީ އިތުރުވަމުންކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ، އަހަރުގެ ފުރަތަމަ ކާގޯ ދަތުރުގައި 700 ޓަނުގެ މުދާ ގެނެވުނު ކަމަށެވެ. އަދި މިއީ ކުރިން ގެނައި އަދަދާއި އަޅާ ބަލާއިރު ވަރަށް ބޮޑު އަދަދެއްކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި، ކާގޯ މުދާ ގެނެވޭވަރު އިތުރުވާނެކަމަށް ބެލެވޭކަމަށް އަމްރު ވިދާޅުވިއެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ، ކުޅުދުއްފުށްޓާއި އައްޑޫއާ ދެމެދު ކުރާ ދަތުރުތަކަށް ވަރަށް ގިނަ ވިޔަފާރިވެރިންގެ ތަރުހީބު ލިބެމުންދާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ދަރުތައް ފެށުމަށް ނިންމުމާއިއެކުވެސް، ވަރަށް ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބިގެންދިޔަ ކަމަށެވެ. އަދި ގިނަ ވިޔަފާރުވެރިންގެ އެދުމާއެކު ވިޔަފާރިތަކަށް ސަޕްލަޔަރުން ހޯދައިދިނުމުގައިވެސް އެހީވެދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އެއާއެކު، މާލެއިން ކުޅުދުށްފުއްޓަށް ގެންނަ މުދަލުގެ އަދަދު ދަށްވެ، އިންޑިޔާއިން މުދާ ގެނައުން އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ.

ތިނަދޫއަށް ކުރާ ކާގޯ ދަތުރުތަކަށް އަލިއަޅުއްވާލައްވަމުން، އަމްރު ވިދާޅުވީ، ތިނަދޫއަށް ކުރާ ކާގޯ ދަތުރުތަކަށްވެސް މިހާރު ލިބެމުންދާ ތަރުހީބު އިތުރުވަމުންދާ ކަމަށެވެ. އަދި ކުރިއަށްހުރި ދަތުރުތަކުގައި ތިނަދޫއަށް ގެންނަމުންދާ މުދާ އިތުރުވަމުންދާނެކަމަށް ވިދާޅުވިއެވެ.

ތިނަދޫއަށް ކާގޯ ފެރީގެ ޚިދުމަތްތައް މިހާރު ފަށާފައިވާއިރު، ތިނަދޫ ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އައްޑޫއާއި ކުޅުދުއްފުށްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި ތިނަދޫއާއި އިންޑިޔާއާ ދެމެދު ދަތުރުތައް ފަށާފައިވަނީ ހުސްވި ޑިސެމްބަރު މަސްތެރޭގައެވެ. އިންޑިޔާ، އައްޑޫ އަދި ތިނަދޫއާ ދެމެދު ދަތުރުތައް ކުރަމުންދަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިންނެވެ.  އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފެށި މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: