ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަން އަހަރު 2022 ފާހަގަކުރަން ކައުންޓްޑައުން ފަށައިފި

ފޮޓޯ: ޓުއަރިޒްމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯލްޑަން އިޔަރ ނުވަތަ ރަންއަހަރު 2022 ފާހަގަކުރުމަށް ޓުއަރިޒްމް މިނިސްޓްރީއިން ކައުންޓްޑައުން ފަށައިފިއެވެ.

2022 ވަނަ އަހަރަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވިތާ 50 އަހަރު ފުރޭ އަހަރުކަމަށްވާތީ އަންނަ އަހަރަށް ތައްޔާރުވުމަށް ޓުއަރިޒްމް މިނިސްޓްރީއިން އަންނަނީ ދުރާލާ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އަންނަ އަހަރުގެ ފުރަތަމަ ދުވަހާއި ހަމައަށް 365 ދުވަހުގެ ކައުންޓްޑައުންއެއް މިހާރު ފަށާފައިވާއިރު، މިއަހަރު ތެރޭގައިވެސް ގޯލްޑަން ޖުބްލީއާއި ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

އެގޮތުން މިއަހަރު، ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޚާއްސަ މެސެޖުތައް މިނިސްޓްރީގެ ސޯޝަލް މީޑިޔާ އެކައުންޓް މެދުވެރިކޮށް އާންމުކުރުމަށް ވަނީ ނިންމާފައެވެ.

ފަތުރުވެރިކަމުގެ ގޯލްޑަން ޖުބްލީ 2022ގެ ކައުންޓްޑައުން ފައްޓަވައިދެއްވާފައިވަނީ ޖޯޖް ކޮބިންއެވެ. ޖޯޖް ކޮބިންއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ވަރަށް އިސް ދައުރެއް އޭނާ ވަނީ އަދާކޮށްފައެވެ.

ޓުއަރިޒްމް މިނިސްޓްރީއިން އަންނަނ ގޯލްޑަން ޖުބްލީ ފާހަގަކުރުމަށް ކުރިއަށްގެންދާނެ ކަންކަމާއިމެދު ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިކަން ތައާރަފްވެގެން އައި 1972 ވަނަ އަހަރުގެ ތެރޭގައެވެ. ފަތުރުވެރިކަން އެންމެ ފުރަތަމަ ފެށިގެން އައިއިރު، ރާއްޖޭގައި ހުރީ 280 އެނދާއެކު ޖުމްލަ 2 ދެ ރިޒޯޓެވެ. އެންމެ ފުރަތަމަ ހުޅުވުނު ދެ ރިޒޯޓަކީ ކުރުނބާ އައިލަންޑް ރިޒޯޓާއި ބަނޑޮސް އައިލަންޑް ރިޒޯޓެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ބެލެވެނީ 1972 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެހެންނަމަވެސް، މިހާރު ގަތުރުވެރިކަން ފުޅާވެ ރާއްޖޭގައި މިވަގުތުވެސް 159 ރިޒޯޓު ތަރައްގީކޮށްފައިވެއެެވެ. އަދި ގެސްޓް ހައުސްތަކުގެ ގޮތުގައި 570 ތަނެއް ރަޖިސްޓްރީކޮށްފައިވާއިރު، 13 ހޮޓެލަކާއި، 132 ސަފާރީ އުޅަނދު ވަނީ ޓުއަރިޒްމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައެވެ. އަދި 212 ޑައިވް ސެންޓަރަކާއި، 388 ޓްރެވެލް އެޖެންސީއަކާއި، 14 ޓުއަރ ގައިޑުން އަދި 3 ޔޮޓް މެރީނާ ވަނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދު މިހާރު އެންމެ ބޮޑަށް ބަރޯސާވާ ދާއިރާއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރަމުންދާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ބޯޑަރު ބަންދުކޮށް ރިޒޯޓްތައް އޮޕަރޭޓްކުރުން ހުއްޓާލުމާއެކު އިގްތިސާދީ ބޮޑު އަނދަވަޅަކަށް ރާއްޖެ ވެއްޓުނެވެ. އަދި އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައެވެ. އެހެންނަމަވެސް، ބޯޑަރު ހުޅުވާލައި، ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު މިހާރު އިތުރުވާން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: