ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 އަހަރު ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ: ޖަމީލް

ޑރ މުހައްމަދު ޖަމީލާއި ކުރީގެ ރައީސް އބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރު ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ ކަމަށް އެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 400 އަށް ވުރެ ގިނަދުވަސް ވުމާގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ދަޢުވާކުރީ އެމްޑިޕީ އާއި ސަރުކާރުގެ ނާޤާބިލްކަން ފޮރުވަން ކަމަށެވެ.

“400 ދުވަސް ޖަލުގައި، ސަރުކާރުގެ ލާއިންސާނީ އަނިޔާ ތަޙައްމަލްކުރައްވައިފި. ހަސަދަވެރިކަން ހައްދުންނެއްޓި، ދެމުންދާ އަނިޔާ ހުއްޓާލަންޖެހޭ. 5 އަހަރު ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ.” ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށާއި، އެމަނިކުފާނަށް ޤާނޫނުން ކަށަވަރުކޮށްދޭ ހައްގުތަކަށްވެސް ހުރަސް އަޅަމުން އަންނަކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: