ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ ސާވޭ ފެށިގެން ކުރިއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟
މުޅި ރާއްޖޭއަށް ބޭނުންވާ ބޯހިޔާވަހިކަން ދެނެގަތުމަށް ހަދާ މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ” ގެ ސާރވޭ ފޯނު މެދުވެރިކޮށް ފަށައިގެން ކުރިއަށްއެބަދެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްނޭނިން، ހައސިން އެންޑް އިންފްރާސްޓަރަކްޗަރ އިން ބުނީ ފެބްރުއަރީ 3, 2021 އާ ހަމައަށް މި މަސައްކަތް ހިނގަމުންދާނެކަމަށެވެ.
ރާއްޖޭގެ އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަމާއިގުޅޭ މަޢުލޫމާތު ދެނެގަތުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރިއަށްގެންދާ “މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ” ސާރވޭގެ މަސައްކަތް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފޯނު މެދުވެރިކޮށެވެ.
އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މި ސަރވޭ ކުރިއަށްދާއިރު މި ސަރވޭގެ މެދުވެރިކޮށް އެއްކުރާ މައުލޫމާތުގެ ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރާއި، މިހާރު ދިރިއުޅޭ ގޭބިސީގެ ހާލަތާއި، ގޭބިސީގައި ދިރިއުޅޭ މީހުންގެ އަދަދާއި، އަމިއްލަ މިލްކިއްޔާތުގައި ހިމެނޭ ހިޔާވަހިކަމާއި، ގޯތިގެދޮރާއި ގުޅޭ މައުލޫމާތާއި، ބޯހިޔާވަހިކަން ހޯދުމުގައި ގޯތިގެދޮރު މިލްކުކުރުމަށް ސަރުކާރުގެ ފަރާތުން ލިބުމަށް އެދޭ އެހީތެރިކަމާއި، ބޯހިޔާވަހިކަމަށް ކުރާ ހޭދަ ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ހިމެނޭނެއެވެ.
މި ދިރާސާއަށް ދޭ އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާއި ހިއްސާއެއް ނުކުރާނެކަމުގެ ޔަގީންކަން މިނިސްޓްރީއިން ވަނީ ދީފައެވެ. އަދި މި ސަރވޭގެ ޒަރިއްޔާއިން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ސަރުކާރުން އެކަށައަޅާ ރާއްޖޭގެ ބޯހިޔާވަހިކަމާއިގުޅޭ ސިޔާސަތުތަށް އެކުލަވާލުމާއި ތަންފީޒުކުރުން ހަރުދަނާކުރުމަށް މަގުފަހިވާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.
މިސަރުކާރުން ވެރިކަމަށް އައީ، ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް، ޚާއްސަކޮށް މާލެ ސަރަހައްދުގައި އުޅެމުންދާ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިިނުމުގެ ވައުދާއިއެކުއެވެ.
އެގޮތުން އެކި ފަހަރުމަތިން މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ވާހަކަ މިނިސްޓަރ ދައްކަވާފައިވާއިރު، ދިރިއުޅެން އެކަށީގެންނުވާ ފެންވަރުގެ ތަންތަނުގައި 21،000އަށްވުރެ ގިނަ އާއިލާ އުޅެމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެތެރޭގައި ކުރީގެ މަޝްރޫއުތަކުން ފްލެޓާއި ގޯތި ލިބިފައިވާ މީހުންގެ ތެރެއިން އެތަންތަނަށް އަދި ނުވަދެވި ނުވަތަ ގޯއްޗާއި ފްލެޓް އަދި ނުލިބި ތިބި މީހުން ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި މާލޭގެ ރަށްވެހިންގެ ތެރެއިން ގޯއްޗެއް ނެތި 5،122 އާއިލާ އެބަ ތިބި ކަމަށާއި، އެފަދަ މީހުންނަށް ދިރިއުޅޭނެ ވަކި ތަނެއްނެތްކަމަށްވެސް ވިދާޅުވިއެވެ. އިންއެޑެކުއޭޓް ލިވިން ސްޕޭސް ނުވަތަ ދިރިއުޅެން އެކަށިގެންނުވާ ފެންވަރުގެ ތަންތަނުގެ ގޮތުގައި ބަލަނީ 600 އަކަފޫޓަށްވުރެ ކުޑަ ވާނަމައެވެ.
މިނިސްޓަރ މާލެއާއި އަތޮޅު ތެރޭގައިވެސް ނިކަމެތިން މަގުމަތިވިޔަ ނުދިނުމަށްޓަކައި ކައުންސިލް ހައުސިން ގާއިމްކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
ހަމައެއާއެކު، އަތޮޅު ތެރޭގައި ފަޅުތެރެއިންވެސް ޖާގަ ދޫކޮށްގެން ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ ކުރާނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފަޅުގައި ދިރިއުޅެވޭނެ ޓެކްނޮލޮޖީ އެބަހުރިކަމަށާއި  އެތަންތަނުގައި ދިރިއުޅުމަށް ވިސްނުން ބައްޓަން ކޮށްފިކަމުގައިވާނަމަ، އެކަން ވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިއީ އިލްމީގޮތުން ދިރާސާ ކުރެވި ކުރެވޭނެކަން ސާބިތުވެފައިވާ ކަންކަން ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިސަރުކާރުން ވެރިކަމަށް އައިއިރު، ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ވަނީ ބޮޑެތި ވައުދުތަކެއް ވެފައެވެ. އެހެންނަމަވެސް، ދެއަހަރު ވެގެންދިޔައިރު، އެދެވޭ މަސައްކަތްތަކެއް މިކަމާއި ގުޅޭގޮތުން ކުރެވިފައިނުވާކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރ އަސްލަމަށާއި މިސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: