ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތުގެ ރައީސްގެ މަގާމަށް އަންހެނުނަށް ކުރިމަތި ލެވޭގޮތަށް އިސްލާހު ހުށައަޅައިފި

އަދާލަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތުގެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ފިރިހެނަކަށްވާންޖެހޭ ކަމަށް އޮތް އޮތުން ބަދަލުކޮށް އަންހެނުންނަށްވެސް އެމަގާމަށް ކުރިމަތިލެވޭ ގޮތަށް އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އިލެކްޝަންްސް ކޮމިޝަނަށް އިސްލާހު ހުށައަޅުއްވައިފިއެވެ.

ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، ޕާޓީގެ ލީޑަރަކަށް ވުމަށް ހުންނަށް ޖެހޭ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފައި އޮތީ، ޕާޓީ އުފެދިގެން އައިއިރު، ޕާޓީގެ މެމްބަރުން ނިންމެވި ގޮތްކަމަށް ވާތީ ކަމަށެވެ. އަދި މިކަން ޕާޓީގެ އިސްސަފުގައި ތިއްބެވި ވޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އެހެންނަމަވެސް، އެބޭފުޅާ އަމިއްލައަށް އިސްވެ ހުންނަވާ، އެމަގާމަށް އަންހެނުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އީސީއަށް އިސްލާހު ހުށައަޅުއްވާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޕާޓީގެ ލީޑަރުކަމަށް އަންހެނުންނަށް ނާދެވޭ ގޮތަށް އޮތް އޮތުމަކީ ދީނީ ގޮތުން ލާޒިމްކުރާ ކަމަކަށް ނުވިޔަސް، އެއީ އޭރު ޕާޓީގެ މެމްބަރުން ނިންމެވި ނިންމެވުން ކަމަށެވެ. އަދި މިއިސްލާހު އީސީއަށް ހުށައެޅުއްވީ ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާއި މަޝްވަރާކުރެއްވުމަށްފަހު މަޝްވަރާ މަޖިލީހުގެ 7 މެމްބަރުންގެ ސޮޔާއެކުގައިކަމަށް އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 19 ވަނަ ދުވަހު އޮންލައިންކޮށެވެ. އޮންލައިންކޮށް ވޯޓުލުމަށް، ކޮންމެ މެމްބަރެއްގެވެސް ނަމްބަރު ރަޖިސްޓްރީކުރަން ޖެހޭނެކަމަށާއި ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ޕާޓީއިން ބުނެއެވެ.

އަދާލާތު ޕާޓީގެ އިންތިޚާބާއި ގުޅޭގޮތުން، އިސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އަދާލަތު ޕާޓީގެ ބާރުތައް އެކަކަށް ލިބޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރާތީ އެކަމުގެ ޝަކުވާ މިދިއަ ހަފުތާގެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ޕާޓީގެ ބައެއް މެމްބަރުން ހުށައަޅާފައިވާ ކަމަށެވެ. އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޮންމެ ދުވަހަކުހެން އަދާލަތު ޕާޓީގެ މެންބަރެއްގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި އެ މެންބަރުންގެ މައިގަނޑު ޝަކުވާއަކީ ވަކި މީހަކަށް ބާރުތައް ލިބޭ ގޮތަށް ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ޕާޓީގެ ތެރޭގައި ކުރިޔަށް ދިއުމެވެ. އެގޮތުން ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކަށް މެދުނުކެނޑި ދެ އަހަރު ޕާޓީއަށް ހިދުމަތް ކުރުން ހިމެނުމަކީ ވެސް، ޝަކުވާ ހުށައެޅި ބައެއް މެމްބަރުން ފާހަގަކުރި މައްސަލައެކެވެ.

ޕާޓީގެ ރައީސްކަމުގެ މަގާމުގައި އިމްރާން އަދި ނައިބް ރައީސްގެ މަގާމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އިންތިޚާބަކާއި ނުލައި 4 އަހަރުވަންދެން ހުންނެވި މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. އަދި އެމައްސަލަ ޕާޓީގެ އާންމު މެމްބަރުން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޕާޓީގެ އަމިއްލަ މެމްބަރުން ހުށައަޅާފައިވާ ޝަކުވާތަކުގައި، 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދެބޭފުޅުންގެ އިންތިޚާބީ ދައުރު ހަމަވެފައިވާ ކަމަށާއި މިހާރު ދެބޭފުޅުން އެތިއްބެވީ ޕާޓީގެ އާންމު ގަވާއިދަށް މަޝްވަރާ މަޖިލީހުން ގެނައި އިސްލާހެއްގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: