ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސްކޫލުގެ ދަރިވަރުންނަށް އިތުރު ގޮތެއް ހޯދައިދެނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް އެހެން ގައުމެއްގެ ފްލައިން ސްކޫލަކުން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކިޔަވަމުންދާ ދަރިވަރުންވަނީ އެތަނުން ބޮޑެތި ފީތައް ނެގުމާއި، ކޯހުގެ މުއްދަތު ދަންމައި، އުދުހުމުގެ ތަމްރީންތަކަށް ފުރުސަތު ނުލިބި ބޮޑު ހަރަދެއް ހިނގާ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހުށަހެޅިފައިވާ ފްލައިން ސްކޫލްގެ މައްސަލަ ދިރާސާ ކުރުމަށް އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާއި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށްފައިވެއެވެ.

ކޮމިޓީ ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ފްލައިން ސްކޫލުގެ ދަރިވަރުންގެ ތެރެއިން ކިޔެވުމަށް ހުރަސްއެޅިފައިވާ ދަރިވަރުންނަށް ކޯހުގެ ބާކީ ބައި އެހެން ސްކޫލަކުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދަމުންދާ ކަމަށެވެ.

ޑރ. އިބްރާހިމް ވިދާޅުވީ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުން މިހާތަނަށް ކޯސް ފުރިހަމަކޮށްފައިވާ މިންވަރު ދެނެގަންނަން ޖެހޭތީ އެ ކަމުގެ މައުލޫމާތު ދިނުމަށް އެދުނު ނަމަވެސް ފްލައިން ސްކޫލުން ދީފައިނުވާ ކަމަށެވެ.

މިހާރު ފްލައިން ސްކޫލުގެ ދަރިވަރުންގެ ޔޫނިއަންއާ ގުޅިގެން އެ މައުލޫމާތުތައް މިނިސްޓްރީއަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ސަރުކާރުން، މިހާރު ރާއްޖެއިން ބޭރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާއި ފްލައިން ސްކޫލުތަކާ މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދީފައިވާ ލޯނަށް ލުއިއެއް ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އެގޮތުން ކޯސް ނިމުނުތާ ހަ މަސް ފަހުން ލޯނު ދައްކާ ގޮތަށް މުއްދަތު ފަސްކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރަން ސަރުކާރުން ކުރަން ޖެހޭނެ ހަރަދުގެ އަންދާޒާއެއް ވެސް ބޭނުންވާ ކަމަށާއި ފްލައިން ސްކޫލުގައި ކިޔަވާ 150 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންގެ ތެރޭގައި ހަޔާ އެޑިއުކޭޝަންގެ ލޯނުގައި ކިޔަވާ 90 އަށް ވުރެ ގިނަ ދަރިވަރުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ ފްލައިން ސްކޫލުން އިހުމާލުވާ ކަމުގެ ބޮޑެތި ޝަކުވާތައް މިދިޔަ އަހަރު ވެސް ދަރިވަރުން އުފުލި އެވެ. އެ ސްކޫލް އޭއޭއޭ އިން އޭރު ވެސް މީޑިއާގައި ބުނީ ދަރިވަރުންގެ ޝަކުވާތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އެެ ސްކޫލު އައްޑޫން ނ. މާފަރަށް ބަދަލުކުރަން އުޅޭ ކަމަށް ވެސް އޭއޭއޭ އިން އޭރު ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: