ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސްކޫލްގެ ދަރިވަރުންނަށް ފުރައްސާރަކޮށް، ގަނާކުރި މައްސަލަ ޖެންޑާއަށް!

އައްޑޫ ސިޓީ ގަން އެއާޕޯޓުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ދަރިވަރުންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތަކާއި ގުޅޭގޮތުންނާއި، ކުދިންނަށް ކުރިމަތިކުރާ ފުރައްސާރަ އަދި ހަނގާކުރުމުގެ މައްސަލައެއް ޓްރާންސްޕޯޓު މިނިސްޓްރީއިން ހިއްސާކޮށްފައިވާ ކަމަށް ޖެންޑާރ މިނިސްޓްރީއިން ބުނެފިއެވެ.

“އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް” ގައި ކިޔަވާ ކުދިންގެ ކަންބޮޑުވުމާއި ޝަކުވާ ހިމެނޭ ސިޓީއެއް މިނިސްޓްރީއަށް ހުށަހަޅާފައިވާކަން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ހާމަކުރައްވާފައެވެ. ފްލައިން ސްކޫލްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ނަހުލާ ފާހަގަކުރެއްވި ކަންތަކާއި ގުޅިގެން، ޖެންޑާރ މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ސިޓީ މިނިސްޓްރީއަށް ލިބިފައިވަނީ ޑިސެމްބަރު މަހުގެ 27 ގައި ކަމަށެވެ. އަދި އެ ސިޓީއަކީ ދަރިވަރުންގެ ޝަކުވާ ހިމެނޭ ސިޓީއެއް ކަމަށާއި، އޭގައި ބަޔާންކުރާ ގަނާކުރުމާއި ފުރައްސާރަކުރުމުގެ މައްސަލަތައް މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ޖެންޑާރ މިނިސްޓްރީއިން ބުންޏެވެ.

އެތައް ކަންބޮޑުވުންތަކެއް އުފެދި، ދަރިވަރުންގެ ކިޔެވުން ވެސް ހުއްޓިފައިވާ ފްލައިން ސްކޫލްގެ މައްސަލައިގައި ފިޔަވަޅެއް ނޭޅޭތީ އާއްމުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި ދަރިވަރުންނަށް ފިއްތުންތަކެއް ކުރިމަތި ކުރުވަމުންދާ މައްސަލަ ދަރިވަރުންގެ ފަރާތުން ހުށަހެޅުމުން، ބައެއް ކުދިންނާއި މެދު ފިޔަވަޅު އަޅާ، ފްލައިން ސްކޫލުން ވަނީ ޓާމިނޭޓުކޮށްފައެވެ.

ދަރިވަރުން ވަނީ ކިޔެވުންތައް، މޮޑިއުލްތަކުގައިވާ މުއްދަތަށް ވުރެ ދިގުލާ މައްސަލަ ވެސް ފާހަގަކޮށްފައެވެ. 86 ދަރިވަރަކު ހިމެނޭ ގޮތަށް އެ މައްސަލައިގައި ޕެޓިޝަނެއް ތައްޔާރުކުރިއިރު، ފްލައިން ސްކޫލުން އެކި ސަބަބުތައް ދައްކައި ވަކިކޮށްފައިވަނީ އޭގެ ތެރެއިން ބައެއް ދަރިވަރުންނެވެ.

ދިވެހި ދަރިވަރުންނާއި، ބޭރު ދަރިވަރުންނާއި ދެމެދު އިންތިހާއަށް ތަފާތުކުރުންތަކެއް ފްލައިން ސްކޫލުން ގެންގުޅޭއިރު އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ކޯހުގެ ފީ ޑޮލަރުން ނަގާ މައްސަލައެވެ. މި މައްސަލަ ވަނީ މޯލްޑިވްސް މަނިތަރީ އޮތޯރިޓީ އެމްއެމްއޭއަށާއި، ފުލުހަށް ވެސް ހުށަހަޅާފައެވެ. ދަރިވަރުންގެ ޝަކުވާތަކާއި ގުޅިގެން ސްކޫލުގެ މެނޭޖުމެންޓަށް ފިޔަވަޅު އަޅާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެފައި ވީނަވެސް ދަރިވަރުންގެ ހައްގުގައި މިހާތަނަށް މިނިސްޓްރީއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

މައްސަލައިގައި ޖަވާބުދާރީވުމަށް ކޮމިޓީއަށް ހާޒިރުވެ ނަހުލާ ވިދާޅުވީ، މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައީ ނަސްލީ ތަފާތު ކުރުމާއި، ފުރައްސާރަ އާއި ހަމައިން ކަމަށެވެ. އަދި އެކަން އެގޮތަށް ހިނަމުން ދާ ކަމުގެ މައުލޫމާތު ހިމަނާ ސިޓީއެއް ވެސް ލިބުނު ކަމަށާއި، މައްސަލައިގެ ތަފްސީލުތައް ލިބިވަޑައިގެންނެވީ ދާދި ފަހުން ކަމަށް ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިޓީގައި ފާހަގަކޮށްފައިވާ ފުރައްސާރައިގެ ވާހަކަތަކާއި އެކު ޖެންޑާރ މިނިސްޓްރީގެ ސަމާލުކަމަށް ވަގުތުން އެކަން ގެނެވުނު ކަމަށެވެ. އަދި އެ ސިޓީ ޖެންޑާރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާއި ހިއްސާކޮށް ވީހާވެސް އަވަހަށް މައްސަލަ ބަލައިދޭން އެދިފައިވާނެކަން ނަހުލާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ނަހުލާ ވަނީ، މި މައްސަލަ ދިމާވަނީ ދޭތެރެ ދޭތެރެއިންކަމަށް ވިދާޅުވެފައެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި މައްސަލަ ވަރަށް ބޮޑުުވި ކަމަށާއި، މިނިސްޓަރުކަމާއި އޭނާ ހަވާލުވީއިރު ވެސް ފްލައިން ސްކޫލުގެ މައްސަލަތަކެއް ހުރިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލުތައް ކޮމިޓީގައި ހިއްސާކުރައްވަމުން ނަހުލާ ވިދާޅުވެފައިވަނީ މިދިޔަ މަހުގެ ތެރޭގައި މައްސަލަ ފެންމަތިވުމުގެ ކުރިން މަގާމާއި ހަވާލުވިތާ ކުރީކޮޅު އަމިއްލަ ފަރާތަކުން ސިޓީއަކުން ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި އޭރު އެ މައްސަލަ ބަލާފައިވާނީ، މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރާއި ހަވާލުކޮށްގެން ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އޭރު އެހާ ބޮޑަށް މައްސަލަތަކެއް ހުރިކަން ފާހަގައެއް ނުކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް ސޯޝަލް މީޑިއާއިން ފެންމަތިވީ ވާހަކަތާކާއި އެކު މައްސަލައާއި އޭނާ އަމިއްލައިން ހަވާލުވިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: