ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސްކުރުމަކީ އެމްޑީޕީން ރައްޔިތުންނާ ދެކޮޅަށް ހިންގާ ބަޣާވާތެއް: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަކީ އެމްޑީޕީން ރައްޔިތުންނާ ދެކޮޅަށް ހިންގާ ބަޣާވާތެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ލޯކަލް ކައުންސިލް އިންތިޚާބު މާޗު މަހުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާ ވޯޓަށް ކަމޭހިތާކަމަށް ދަޢުވާކުރި އެމްޑީޕީން މިއަދު އެކަމަށް އިންކާރު ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލް އިންތިޚާބު ނުބާއްވަން އުޅެނީ ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަންކުރަން ކަމަށްވެސް ޖަމީލު ތުހުމަތު ކުރެއްވިއެވެ.

“ހުރިހާ ޑިމޮކްރެސީތަކުގައި ވެސް އިންތިޚާބު ދަނީ ބާއްވަމުން. މިއީ އެމްޑީޕީން ރައްޔިތުންނާ ދެކޮޅަށް ކުރާ ބަޣާވާތެއް” ޖަމީލު ވިދާޅުވިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރީ އަންނަ މާޗު މަހުގެ ހަވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: