ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، ދެ މީހަކު ފިހިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ 12:31 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިންގާފައިވަނީ ހ. ތިން ނޫނުގޭގެ 5 ވަނަ ފަންގިފިލާގައިކަމަށާއި މި ހާދިސާގައި ދެ މީހަކު ފިހި އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާ ހިނގީ ގޭސް ފުޅި ގުޅާފައި އިން ނަޓެއް ދޫވެ، ގޭސް ލީކުވެގެން ކަމަށެވެ. އަދި ހާދިސާ ރިޕޯޓުކުރީ، އެ ގޭގެ މީހުން ރޯވި އަލިފާން ނިއްވާލުމަށް ފަހު ހޮސްޕިޓަލަށް ދަމުން ކަމަށެވެ.

އަދި މި ހާދިސާގައި ފިހިފައިވަނީ ދިވެހި ދެ ފިރިހެނުންކަމަށާއި އެމީހުނަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: