ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ފްލައިން ސްކޫލެއް ގެންނަން ސަރުކާރު ނުވަތަ ސިވިލް އޭވިއޭޝަން އިސްނަގަން ޖެހޭ: ހަމަދު

ޓްރާންސްޕޯޓު އެންސް ސިވިލް ވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ: ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ހަލެއް ގެނައުމަށް މަސައްކަތްތަކެއް ކުރެވޭއިރު، ސަރުކާރު ނުވަތަ ސިވިލް އޭވިއޭޝަންގެ އިސްނެގުމަށް އާ ފްލައިން ސްކޫލަކަށް ހުއްދަ ދޫކުރަން ޖެހޭކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ ވިދާޅުވެއްޖެއެވެ.

ފްލައިން ސްކޫލްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަމަދު ވިދާޅުވީ ފްލައިން ސްކޫލްގެ މައްސަލަ ހައްލު ކުރުމަށް އޭއޭއޭގެ އެއްބާރުލުން ލިބެންޖެހޭ ކަމަށެވެ. ފްލައިން ސްކޫލުގެ މައްސަލައިގައި ފާހަގަކުރެވެނީ މައިގަނޑު ތިން މައްސަލައެއް ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އިންސްޓްރަކްޓާ ސްޓޫޑެންޓު ރޭޝިއޯ މަތިވުމާއި، އެއާކްރާފްޓު މަދުވުން، ޝެޑިއުލްތައް އާއްމު ނުކުރުން ކަމަށެވެ.

ފްލައިން ސްކޫލުގެ މައްސަލަތައް ހައްލު ކުރުމަށް އެންގުންތައް އަންގާފައި ވީ ނަމަވެސް އޭގެއިން ބައެއް ކަންކަމަށް މެނޭޖުމެންޓުގެ ފަރާތުން އަމަލު ނުކުރާކަމަށް ހަމަދު ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން އެންމެ ގިނައިން އަންނަ ސުވާލަކީ އޭއޭއޭގެ ލައިސެންސް ސިވިލް އޭވިއޭޝަނުން ބާތިލު ނުކުރަންވީ ސަބަބާއި މެދު ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަދު ވިދާޅުވީ ރާއްޖޭގައި ހިންގަމުން ދަނީ އެންމެ ފްލައިން ސްކޫލެއް ކަމަށާއި، ތަނުގެ ލައިސަންސް ބާތިލުކޮށް ހިފަހައްޓައިފިނަމަ، ދަރިވަރުންނަށް ޒިންމާވާނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ.

“ރާއްޖޭގައި ހުރީ އެންމެ ފްލައިން ސްކޫލެއް. އެ ފްލައިން ސްކޫލެއްގެ ލައިސަންސް ބާތިލުކޮށްފިނަމަ، ކުދިންނަށް ހަދަންޖެހޭ ގޮތެއް ސަރުކާރުން ނަމަވެސް، ނޫނީ ސްކޫލުން ނަމަވެސް.. އެ ކޮންމެވެސް ބަޔަކު ލައިބިލިޓީގައި ހިފަންޖެހޭނެ. އަޅުގަނޑުމެން އެބަޖެހޭ، ސަރުކާރު އިސްނަގައިގެން ނަމަވެސް އެހެން ނޫނީ އަޅުގަނޑުމެން އިސްނަގައިގެންވިޔަސް އާ ސްކޫލެއް އެހެން ނޫނީ އާ އޮޕަޗިއުނިޓީއެއް އެކުދިންނަށް ހޯދައިދޭން…. އެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން.” ހަމަދު

ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަމަދު ވިދާޅުވީ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ހައްލު ހޯދައިދޭން މަސައްކަތްކުރާއިރު، އާ ފްލައިން ސްކޫލެއް މުހިންމުކަމަށް ދެކޭ ކަމަށެވެ. ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ އެންމެ ފްލައިން ސްކޫލެއްކަމުން، ކުއްލި ގޮތަކަށް އައްޑޫގެ ފްލައިން ސްކޫލް ލައިސަންސް ބާތިލު ކުރެވޭނެ ގޮތެއް ނޯންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫ ފްލައިން ސްކޫލުން ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމާއި، ކޯހުގެ މޮޑިއުލް މުއްދަތު ދަންމާލުމާއި، އުދުހުމުގެ ތަމްރީންތަކަށް ފުރުސަތު ނުލިބި ރަށުން ބޭރުގައި ތިބެ ބޮޑު ހަރަދެއް ހިނގާ މައްސަލަ އެ ސްކޫލުގެ ދަރިވަރުން ވަނީ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ހަޔާރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ފްލައިން ސްކޫލުގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. އަދި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދަނީ ދަރިވަރުންނަށް އެހެން ފްލައިން ސްކޫލަކުން ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

އެތައް ކަންބޮޑުވުންތަކެއް އުފެދި، ދަރިވަރުންގެ ކިޔެވުން ވެސް ހުއްޓިފައިވާ ފްލައިން ސްކޫލްގެ މައްސަލައިގައި ފިޔަވަޅެއް ނޭޅޭތީ އާއްމުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި ދަރިވަރުންނަށް ފިއްތުންތަކެއް ކުރިމަތި ކުރުވަމުންދާ މައްސަލަ ދަރިވަރުންގެ ފަރާތުން ހުށަހެޅުމުން، ބައެއް ކުދިންނާއި މެދު ފިޔަވަޅު އަޅާ، ފްލައިން ސްކޫލުން ވަނީ ޓާމިނޭޓުކޮށްފައެވެ.

ދަރިވަރުން ވަނީ ކިޔެވުންތައް، މޮޑިއުލްތަކުގައިވާ މުއްދަތަށް ވުރެ ދިގުލާ މައްސަލަ ވެސް ފާހަގަކޮށްފައެވެ. 86 ދަރިވަރަކު ހިމެނޭ ގޮތަށް އެ މައްސަލައިގައި ޕެޓިޝަނެއް ތައްޔާރުކުރިއިރު، ފްލައިން ސްކޫލުން އެކި ސަބަބުތައް ދައްކައި ވަކިކޮށްފައިވަނީ އޭގެ ތެރެއިން ބައެއް ދަރިވަރުންނެވެ.

ދިވެހި ދަރިވަރުންނާއި، ބޭރު ދަރިވަރުންނާއި ދެމެދު އިންތިހާއަށް ތަފާތުކުރުންތަކެއް ފްލައިން ސްކޫލުން ގެންގުޅޭއިރު އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ކޯހުގެ ފީ ޑޮލަރުން ނަގާ މައްސަލައެވެ. މި މައްސަލަ ވަނީ މޯލްޑިވްސް މަނިތަރީ އޮތޯރިޓީ އެމްއެމްއޭއަށާއި، ފުލުހަށް ވެސް ހުށަހަޅާފައެވެ. ދަރިވަރުންގެ ޝަކުވާތަކާއި ގުޅިގެން ސްކޫލުގެ މެނޭޖުމެންޓަށް ފިޔަވަޅު އަޅާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެފައި ވީނަވެސް ދަރިވަރުންގެ ހައްގުގައި މިހާތަނަށް މިނިސްޓްރީއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: