ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތް އެމްޑަބްލިޔުއެސްސީއިން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތ ވޭމަންޑުގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ.

މިމަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ، ވޭމަންޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހުސަން ޝާހުއެވެ.

މި ރަސްމިޔާތުގައި މި ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ތ.ވޭމަންޑޫގެ ނަރުދަމާ މަޝްރޫޢުއަކީ މީގެ ކުރިން އެހެން ފަރާތަކާއި ހަވާލުކުރެވިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމްޑަބްލިޔު އެސްސީ އާއި ހަވާލްކޮށްފައި ވަނީ 26 އޮކްޓޯބަރު 2020 ގައެވެ. މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯރކުގެ ނުނިމިވާ 19 މީޓަރުގެ ނެޓްވޯރކް ޤާއިމްކުރުމާއި، 98 މީޓަރގެ ޕަންޑިން ލައިން އެޅުމާއި ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތާއި، 1 ސީ އައުޓް ފޯލް ޤާއިމްކުރުމާއި ވޭލް ޗެމްބަރި ބެހެއްޓުމުގެ މަސައްކަތާއި އެސް ބިލްޑިންގ ގެ ނުނިމި ހުރި މަސައްކަތާއި އެސްޓީޕީ ގެ ސިވިލް އަދި އިލެކްޓްރޯމޯކޭނިކަލް މަސައްކަތް ހިމެނެއެވެ.

އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނުރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖާނަރޭޓަރ ސެޓާއި ވެހިކަލް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތ.ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ މަޝްރޫއެކެވެ. މި މަޝްރޫޢުގެ މުއްދަތަކީ 03 މަސް ދުވަހެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ތ.ވޭމަންޑޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: