ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ބިނާކުރަނިވި ފާޑުކިޔުމަކީ ބޭނުންތެރި ކަމެއް: އަހުމަދު އަބްދުﷲ

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ބިނާކުރަނިވި ފާޑުކިޔުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ފާޑެއް ކިޔުމުގެ ބޭނުމުގައި ސަރުކާރަށް ބަސް ބުނުމުގެ ބަދަލުގައި، ބިނާކުރަނިވި ފާޑު ކިޔުމަކީ އިދިކޮޅުން ކުރަންޖެހޭ މުހިންމު ކަމެއްކަމަށެވެ. ބިނާކުރަނިވި ފާޑުކިޔުމުގެ ތެރެއިން ވަރަށް ގިނަ ކަންކަން ރަނގަޅުވަމުންދާ ކަމަށް ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ފާޑުކިޔުންތަކާއެކު، ކަންކަމަށް ފަރުވާ ކުޑަ ކޮށްފައި ތިބޭ މީހުންނަށް އެކަން ކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށެވެ. ކޮންމެ ލީޑަރޝިޕަކުންވެސް ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކިޔާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި އެފާޑުކިޔުންތަކާއެކު ގައުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ.

2013އިން 2019 އަށް އޮތް ވެރިކަމާއި މިހާރު އޮތް ވެރިކަމާއި ވަރަށް ތަފާތު. 19 ވަނަ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ތަފާތު. ކުރިން އޮތް މަޖިލީހަކަށް، ސަރުކާރުން ކުރަމުންދާ ކަންކަން ބަލައި، އެކަންކަމާއިމެދު ސުވާލު އުފެއްދުމުގެ ފުރުސަތެއް ނެތް. އެކަމަކު މިހާރު ވަރަށް ތަފާތު. ބައްލަވާ މަޖިލީހަށް ކިތައް ވަޒީރުން ގެނެސް، ވަޒީރުންގެ މަސައްކަތްތަކާއި މެދު ސުވާލު ކުރައްވާފައި އެބަހުރިތޯ. މީގެ ކުރިން 5 އަހަރު ވީއިރު ކިތައް ވަޒީރުންނާއި ސުވާލު ކުރިތޯ. އެކަމަކު މިސަރުކާރުން އެއް ވަޒީރަކާއިވެސް ކިތައް ފަހަރު ސުވާލު ކުރިތޯ.

މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، މިކަންކަން ކުރެވެމުންދަނީ ސަރުކާރާއި ގައުމު ރަނގަަޅަށް ހިންގަން ބޭނުންވާތީ ކަމަށެވެ. އަދި ޝައްކާއި ވަހުމަކީ އިންސާނުންގެ މެދުގައި އަބަދުވެސް އޮންނާނެ ކަމެއް ކަމަށާއި ގޯސްކޮށް ކަމެއް ހިނގާނަމަ، އެކަންކަން ބަލައި ފިޔަވަޅު އެޅުމަކީ ކޮރަޕްޝަނާއި ޚިޔާނާތުގެ ކަންކަން މަދުވެގެންދާނެ ކަމެއްކަމަށެވެ.

މެމްބަރުގެ ވާހަކައިގައި، އިދިކޮޅުން ދައްކަވަމުންދާ ބައެއް ވާހަކަތަކަށް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، ކައުންސިލް އިންތިޚާބު ބޭއްވުން ލަސްވެގެން ދަނީ ސަރުކާރުން އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ މެމްބަރު ވިދާޅުވީ، އަބަދުވެސް އިދިކޮޅަށް ތިބޭ ބަޔަކު އެކަހަލަ ވާހަކަތައް ދައްކަވާނެ ކަމަށެވެ. އެހެންނަމަވެސް، ޒިންމާދާރު ކުރުވުމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކަކީ ވަރަށް ރަނގަޅު މަސައްކަތެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: