ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިހާދު ފުރުން މަނާކުރި މައްސަލަ އިސްތިއުނާފު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބް ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާޢަކާ ގުޅިގެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކުރި މައްސަލައިގެ ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

އެ މައްސަލާގެ އަޑުއެހުމެއް މިއަދު ހަވީރު 3:30 އަށް ވަނީ ތާވަލުކޮށްފައެވެ.

ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދައަކަށް އެދުމުން، އެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

އެދުވަހުގެ އަޑުއެހުމުގައި ޖިހާދުގެ ފަރާތުން ވަކީލު ވަނީ، ގިނަ ސިއްހީ ހާލަތްތަކެއް ބަޔާންކޮށް ފަރުވާއަށް ދުބާއީއަށް ފުރުމަށް މިހާރު ޓިކެޓު ވެސް ނަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ބަޔާންކުރި ސިއްހީ މައްސަލަތަކަކީ ގަވާއިދުން ބޭސްކުރަން ޖެހޭ މައްސަލަތަކެއް ކަމަށާއި، އެކަންކަމުގެ ތެރޭގައި އިންސޮމްނިއާ އާއި ހަކުރު ބަލި ހިމެނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖިހާދު އަކީ ގައުމުގެ ނައިބު ރައީސްކަން ކުރެއްވުމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަމާއި، އެމްއެމްއޭގެ ގަވަރުނަރު ކަންކޮށް، 35 އަހަރު ވަންދެން ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ދައުލަތުގެ އިއްޒަތްތެރިއެއްކަން، ޖިހާދުގެ ފަރާތުން ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން ވަކީލު ވަނީ، ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއީ ބޮޑު ދައުވާއަކަށް ވާއިރު، އޭނާ ފުރައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މާލެ އަތޮޅު ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލާގައި ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުންވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ޚާއްޞަ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާ ގުޅިގެން، ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުސަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޖިހާދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނު ނާއިބް ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެއެވެ. މިއީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: