ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ކާބޯތަކެތި ވިއްކަނީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް: އެމްއެފްޑީއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ފިހާރަތަކުގައި ބައެއް ކާބޯތަކެތި ވިއްކުމަށް ބަހައްޓާފައި ހުންނަނީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށްކަމަށް ބުނެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

އެއޮތޯރިޓީއިން އާންމުކޮށްފައިވާ އިއުލާނެއްގައިވަނީ ބައެއް ފިނިކުރި އަދި ގަނޑުކުރި ކާބޯތަކެތި ވިއްކަމުންދަނީ އެންމެ އެކަށީގެންވާ ފިނި ހޫނުމިނުގައި ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ވިއްކާ ފިހާރަތައް އޮތޯރިޓީން އިންސްޕެކްޓްކޮށް ނެގި ސާމްޕަލްތައް ތަޙުލީލުކޮށް ބެލި ބެލުމުގައި މިފަދަ އުފެއްދުންތަކުގެ ފިނިހޫނުމިން ބަހައްޓަންޖެހޭ މިންގަނޑުގައި ބަހައްޓާފައިނުވާކަން ވަނީ ފާހަގަ ކުރެވިފައިވާކަމަށް އޮތޯރިޓީއިން ބުނެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނީ ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެއްޗަކީ ކަނޑައެޅިފައިވާ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ތަކެތި ކަމުން އޭގެ ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ އޭގެ ފެންވަރާއި ރައްކާތެރިކަން ގެއްލެޭކަމަށެވެ. އަދި މިއީ އާއްމު ސިއްހަތަށް ނުރައްކާވާ ކަމަކަށްވާތީ މިފަދަ ތަކެތި ރައްކާކޮށް ގުދަން ކުރުމުގައި އަދި ވިއްކަން ބެހެއްޓުމުގައި ސަމާލުވުމަށް އޮތޯރިޓީއިން އިލްތިމާސްކުރެއެވެ. އެގޮތުން ގަނޑުކުރި ކާބޯތަކެތީގެ ފިނިހޫނުމިން -18°C އަށްވުރެ މަތިނުވާނެ ގޮތަކަށް އަދި ފިނިކުރި ކާބޯތަކެތި 0-5°C އާއި ދެމެދުގައި ބެހެއްޓުމަށް އޮތޯރިޓީއިން ވަނީ އަންގާފައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަންނަނީ އެކި ދުވަސްވަރު މަތިން ފިހާރަތަކުގައި ކާބޯތަކެތި ގުދަންކޮށް އަދި ވިއްކުމުގައި ސަމާލުކަންދިނުމަށް އިލްތިމާސްކުރަމުންނެވެ. އެގޮތުން، މީގެ ކުރިންވެސް އެކި ވައްތަރުގެ ގަނޑުކުރި އަދި ފިނިކުރި ކާނާ ރައްކާކުރުމުގައި އަދި ބޭނުންކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކި ވައްތަރުގެ ބޭހުގެ ބާވަތްތައް ބޭނުންކުރުމުގައިވެސް ސަމާލުކަން ދިނުމަށްވެސް އެކިފަހަރުމަތިން ވަނީ އެދިފައެވެ.

މީގެ އިތުރުން، ޕޯޓް އޮފް އެންޓްރީތަކުގައި ރާއްޖެއަށް އެތެރެކުރާ އެކި ބާވަތްތަކުގެ ބޭހާއި ކާބޯތަކެރި އެ އޮތޯރިޓީއިން ބަލައި ފާސްކުރަމުންދެއެވެ. އަދި އެއްވެސް ޝަކުވާއެއް ނުވަތަ މައުލޫމާތެއް ހިއްސާކުރަން ބޭނުންވާނަމަ، އޮތޯރިޓީގެ ހޮޓްލައިން މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމަށް ވެސް، ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: