ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިއްލޫރި ޕެލެޓް ވެއްޓުނު ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލުވެސް ރަނގަޅު: އެމްޕީއެލް

ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކު އޭގެ ދަށުގައި ތާށިވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ވިޔަފާރި ބަނދަރުގައި ރޭ، ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ނުރައްކާތެރި ޙާދިސާގައި އަނިޔާވި ދެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައި ނެތް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

މަންޒަރުދުށް މީހަކާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެއްޓުނު ބިއްލޫރި ޕެލެޓުގައި ހުރި ބިއްލޫރިތަކަކީ ދިގުމިނުގައި ފަސް ފޫޓު ހުރި ބިއްލޫރިތަކެކެވެ. މި ހާދިސާގައި ކޮންޓެއިނަރު ތެރޭގައި ޕެލެޓުދަށުވެ ތާށިވި މީހާ ސަލާމަތްކުރީ ކޮންޓެއިނަރުގެ ބޭރުން ކަފައިލުމަށްފަހު ހުޅުވައިގެންނެވެ.

މި ހާދިސާއާ ގުޅިގެން އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މި ޙާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ. މި ޙާދިސާގައި، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއެއް ޕެލެޓްގެ އަރިމަތީގައި ތާށިވި ކަމަށާއި އަދި ދެވަނަ މަޖޫރިއަކަށް ވެސް މި ޙާދިސާގައި އަނިޔާވެ، އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނި ކަމަށް އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

“އެންމެ ފަހުން ލިބިފައިވާ މަޢުލޫމާތުތަކުން އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު ވެސް “ސްޓޭބަލް” އެވެ. އަދި ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް މި ދެ ފަރާތަށް ވެސް ލިބިފައެއް ނުވެ އެވެ. މި ޙާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު މި ކުންފުނިން ވަރަށް ގާތުން ބަލަމުންދާ ވާހަކަ ދެންނެވީމެވެ.” އެމްޕީއެލްގެ ބަޔާނުގައި ވިދާޅުވިއެވެ.

މި ހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، އެ ކުންފުނިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: