ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު އިހުތިޖާޖުން ހައްޔަރު ކުރި މީހުން ދޫކޮށްލަން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ކްރިމިނަލް ކޯޓު ކުރިމަތީގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރުން އެއްވެ ކުރި އިހުތީޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށް ލުމަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު އެމަނިކުފާނު ދެކިލުމަށް ދިޔަ ބައެއް ސަޕޯޓަރުން، ފުލުހުން ވަރަށް އަނިޔާވެރި ކަމާއެކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރު ކޮށްފައިވާ ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އާއި، ޕީޕީއެމްގެ ކައުންސިލް މެމްބަރު އާމިނަތު ފަޒްލާގެ އިތުރުން ޕީޕީއެމްގެ މެމްބަރުން ކަމަށްވާ ހާލިދު އުސްމާން، ހަދީޖާ ހުސެއިން އަދި އަބްދުﷲ ސަލީމް، މިހާރުން މިހާރަށް ދޫކޮށް ލުމަށް ވަނީ ގޮވާލާފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ ރައީސް ޔާމީންގެ ސަޕޯޓަރުން އެސަރަހައްދުގައި ސުލްހަވެރިކަމާއެކު ފުލުހުންގެ އެންގުންތަކާ އެއްގޮތަށް އަމަލު ކުރަމުން ދަނިކޮށް އެތަން ހަލަ ބޮލިވެގެން ދިޔައީ ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ފުލުހުން އަމަލު ކުރުމުން ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން ފުލުހުންގެ ގާނޫނީ ޒިއްމާ އަދާކުރުމުގައި ސަރުކާރުން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވެ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލަފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: