ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު އެއްވުމުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމުގެ ޝަރީއަތް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ވަގުތު އެ ސަރައްދަށް އެއްވި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސަޕޯޓަރުންގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ކްރިމިނަލް ކޯޓު ކުރިމަތީ ކުރިއަށްދާ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ތިން މެންބަރެއް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ. އެއީ، ކައުންސިލް މެމްބަރު އަހުމަދު ނަރީޝް، ކައުންސިލް މެމްބަރު ފާތިމަތު ފަޒްލާ އަދި ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށާއި އެގޮތުން އެމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ނުފެންނާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: