ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތައް ހުޅުވާލަނީ، ރައްކާތެރި މާހައުލެއްގެ ޔަގީންކަން އެޑިޔުކޭޝަންއިން ދޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު ބަންދަކަށްފަހު ދަރިވަރުން ސްކޫލަށް ނުކުތުމަށް ތައްޔާރުވެފައިވާއިރު، ސްކޫލްތަކުގެ އިތުރުން ބެލެނިވެރިންނާއި ދަރިވަރުންވެސް ސަމާލުކަންދޭންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ސްކޫލްތަކުގެ ތައްޔާރީތައް އެޑިޔުކޭޝަން މިނިސްޓްރީއާއި ގުޅިގެން ޓީޗަރުންނާއި ސްކޫލްތަކުން ކުރަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކަކީ އަނެއްކާވެސް ތައުލީމީ ދާއިރާއިން އާ ކަންތަައްތަކެއް ތަޖުރިބާކޮށް ގޮންޖެހުންތަކަކާއި ކުރިމަތިލާނެ ދުވަސްތެކެލެވެ.

ދަރިވަރުން ގިނަ ކްލާސްތަކުގެ ދަރިވަރުން ދެ ގްރޫޕަކަށް ބަހާލައިގެން ހަފްތާގެ އެކި ދުވަސްމަތިން ސްކޫލަށް ގެންދިޔުމަށް ނިންމާފައިވާއިރު، ދަރިވަރުން އަމަލުކުރަންޖެހޭ އުސޫލުތަކެއްވެސް ހުރެއެވެ. އޭގެތރޭގައި ކުދިންގެ މެދުގައި ތިން ފޫޓޫގެ ދުރުމިން ބެހެއްޓުމާއި މާސްކް އެޅުން ފަދަ ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ދަރިވަރުން މިކަންކަމަށް ރަނގަޅަށް އަހުލުވެރިކުރުމުވުމަކީ މައިބަފައިންނާއި ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަންޖެހޭ ކަމެކެވެ.

ކޮވިޑާއެކު ދަރިވަރުންނާއި މުދައްރިސުންވެސް ކުރިމަތިލާންޖެހުނީ މުޅިން އާ ކަންތައްތަކާއެވެ. ކުއްލިއަކަށް ބިންދާލި ކޮވިޑްގެ ރާޅާއެކު ދަރިވަރުންނާއި ޓީޗަރުންވެސް އުނގެނުމާއި އުނގަންނައިދިނުމުގައި އާ ގޮން ޖެހުންތަކާއި ކުރިމަތިލާންޖެހުނެވެ. ލޮކްޑައުންގެ ތެރޭގައި މަންހަޖް ތަންފީޒުކުރުމަށް ނުވަތަ ދެލިގަނޑު އުނގަންނައިދިނުމަށް ޓީޗަރުން ތަފާތު ގޮތަކަށް މަސައްކަތްތައް ރާވައި އެކުލަވާލުމަކީ ޓީޗަރުންނަށްވެސް ކުރިމަތިވި ގޮންޖެހުމެކެވެ. އޮންލައިންކޮށް ކިޔަވައިދިނުމުގައި ދަރިވަރުން ގަޔާވާނެ ނުވަތަ ފިލާވަޅުތައް ފަހުމުވާނެ ފަދަ ގޮތަކަށް ފިލާވަޅުތައް ނަގައިދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އޮންލައިން ކްލާސްތައް ނަގައިނުމާއި ޓެލިކިލާސްތައް ނަގައިދިނުމުގެ މައިގަނޑު އެއް ބޭނުމަކަށްވީ ކޮވިޑްގެ ހާލަތުގައިވެސް ދަރިވަރުންނަށް ކޮންމްވެސް މިންވަރެއް އުނގަންނައި ދިނުމެވެ. މުދައްރިސުންނާއި ދަރިވަރުންނާއި ނުވަތަ ފޮތްތަކާއި ދަރިވަރުންނާއި ދެމެދު އޮތް ގުޅުން އެއްކޮށް ކެނޑިގެން ނުދިޔުމެވެ. އެހެންނަމަވެސް، އޮންލައިންކޮށް ކިޔަވައިދިނުމުގައި ދަރިވަރުންނަށްވެސް އަދި މުދައްރިސުންނަށްވެސް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އެންމެ ބޮޑު އެއް ގޮންޖެހުމެއް ގޮތުގައި ދަރިވަރުންވެސް ޓީޗަރުންވެސް ފާހަގަކުރަނީ ރާއްޖޭގެ އިންޓަނެޓްގެ ޚިދުމަތެވެ. އޮންލައިންކޮށް ކިޔެވުމަށް ދަރިވަރުން ފޫހިވުމަށްވެސް ދިމާވި މައިގަނޑު އެއް ސަބަބަކީވެސް އެއީ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތުން، ކަނެކްޝަން ސްލޯވުމުގެ ސަބަބުން ދިމާވި ދަތިތައް ގިނަ ދަރިވަރުންނާއި މުދައްރިސުން ފާހަގަކުރެއެވެ. އޮންލައިންކޮށް ކިޔެވުމުގައި ދިމާވި އަނެއް ގޮންޖެހުމަކީ ހުރިހާ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމަށް އެވަސީލަތްތައް ލިބިފައި ނެތުމެވެ.

މިހުރިހާ ކަމެއްގެ އިރުރަށްވެސް އޮންލައިންކޮށް ކިޔަވައިދިނުމުގެ ބަދަލުގައި ދަރިވަރުން ސްކޫލްތަކަށްް ގެންދަން ފެށުމުގެ ފަހަތުގައި އެތައްކަމެއް އެބަހުއްޓެވެ. އެގޮތުން ކުއްޖާގެ ހެދިބޮޑުވުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ސްކޫލް މާހައަުލުން ދަސްކުރާ ކަންކަން މުހިންމު ދައުރެއް އަދާކުރެއެވެ. ޓީޗަރުންގެ ފަރާތުންނާއި ދަރިވަރުންގެ ކިބައިން އެއް ކުއްޖަކު އަނެއް ކުއްޖަކު ދަސްކުރާ ކިތަންމެ ކަމެއް ހުރެއެވެ. މަންހަޖުގެ ދެލިގަނޑު އުނގަންނައިދެވުނަސް، ސްކޫލް ތެރޭގައި އަދި ކްލާހުގައި ދަރިވަރުން ބައިވެރިވާ އިތުރު ހަރަކާތްތަކުން ދަރިވަރުންނަށް ދަސްވާ ކިތަންމެ ކަމެއް ހުރެއެވެ. ފޮތުގައި އޮންނަ އެއްޗެއް ކުއްޖާއަށް ދަސްވުމުގެ އިތުރަށް، ކުއްޖާއަށް މުޖުތަމައު ތެރޭގައި އުޅުމަށް ދަސްވެގެންދާނެ ކިތަންމެ ކަމެއް ސްކޫލް މާހައުލުން ދަސްވެގެންދެއެވެ. އެގޮތުން، އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރަން ދަސްވުމާއި، ޚިޔާލު ތަފާތުވުމުން ދެން ކަންކުރާނެ ގޮތާއި، ކުއްޖާގެ ސިކުނޑި ތަރައްގީވުމާއި، ކާމިޔާބު މީހަކަށްވުމަށް މަސައްކަތްކުރާނެ ކިތަންމެ ކަމެއް ދަސްވެގެންދެއެވެ.

މިހުރިހާ ކަމަކާއިއެކު އަދި ކޮވިޑްގެ ހާލަތުވެސް އިހުނަށްވުރެ ރަނގަޅުވެފައި އޮތުމާއިއެކު އެޑިޔުކޭޝަން މިނިސްޓްރީއިން ސްކޫލްތައް ހުޅުވާލަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ދަރިވަރުން ސްކޫލަށް ފޮނުވުމުގައި ބައެއް މައިންބަފައިންގެ ކަންބޮޑުވުން އަދިވެސް އެބަހުއްޓެވެ. އެފަދަ ކަންބޮޑުވުންތަކަށް އެޑިޔުކޭޝަން މިނިސްޓްރީއިންވެސް ވަނީ ރިއާޔަތް ކޮށްފައެވެ. އެގޮތުން ކޮވިޑްގެ ހާލަތު މިއަށްވުރެވެސް ގޯސްކޮށް އޮތްއިރު ސްކޫލްތައް ހުޅުވާލައިގެން ކިޔަވައިދެމުން ދިޔައިރުވެސް ސްކޫލްތަކުން އެއްވެސް ކްލަސްޓަރއެއް ފެނިފައިނުވާކަން މިނިސްޓްރީއިން ފާހަގަކުރެއެވެ. އެހެންކަމުން، މިހާލަތުގައިވެސް އެންމެ ރައްކާތެރި އެއް މާހައުލުގެ ގޮތުގައި ސްކޫލްތައް ބެލެވިފައިވާކަން މިނިސްޓްރީއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: