ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އުނގެނުމަށް ލިބިގެންދާ އިތުރު ފުރުޞަތެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޒުއްދީން ސްކޫލު ހުޅުވައިދެއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެމަނިކުފާނުގެ އަރިހުގައި މަޑުކޮށްލައް
ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް ދުވަހަކަށްފަހު ސްކޫލުތައް އަލުން ހުޅުވައި ކިޔަވަން ފެށުމުން މިއީ ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ އުއްމީދީކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސްކޫލްތައް އަލުން ހުޅުވާލުންވެގެންދާނީ ދަރިވަރުންނަށް އެކުދިންގެ ކުރީގެ ރައްޓެހިންނާއި އަލުން ބައްދަލުވެ، އައު ރައްޓެހިންވެސް ހޯދުމަށް ލިބިގެންދާނެ ފުރުޞަތެއްގެ ގޮތުގައި ކަމަށެވެ.

އަދި ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ދަރިވަރުންނާއި، ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ސްކޫލުތަކުގައި އަލުން ކިޔެވުން ފެށުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ވަނީ ދަރިވަރުންނާއި މުދައްރިސުންނަށް އަދި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް މަރުހަބާ ވިދާޅުވެ ޓްވީޓުކުރައްވާފައެވެ.

އެމަނިކުފާނުގެ ޓްވީޓުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ސްކޫލުތައް އަލުން ހުޅުވާލުންވެގެންދިޔައީ ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: