ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ވާދަކުރެވޭ ގޮތްހަދައި، ކުރިމަތިލުމަށް ހުޅުވާލައިފި

އަދާލަތު ޕާޓީންވެސް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމަށް އަންހެނުންނަށްވެސް ވާދަކުރެވޭ ގޮތް ހަދައި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެ ޕާޓީން ބުނީ ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފަސްކޮށްފައި ވަނީ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ ކަމަށެވެ. އަދި ޕާޓީގެ އިސް ދެ މަޤާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މިހާރު އެފުރުސަތު އަލުން ހުޅުވާލާފައިވާކަމަށެވެ.

އަދާލަތު ޕާޓީން ބުނީ ޕާޓީގެ ރައީސާއި ނާއިބު ރައީސަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން މިމަހުގެ 17 ވަނަދުވަހުގެ 14:00ގެ ކުރިން އެކަމަށް ބޭނުންވާ ލިޔުންތައް ހުށައަޅަންޖެހޭކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ޤަވާޢިދަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. މި އިޞްލާޙު ހުށަހެޅީ ޕާޓީ އިތުރަށް ހުޅުވާލައި އެންމެ އިސްސަފުގައި އަންހެނުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު އިތުރުކުރުމަށްކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި މި އިޞްލާޙު ހުށަހެޅީ ޕާޓީގެ އިސްސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ ޢިލްމުވެރިންގެވެސް މަޝްވަރާގެ މަތިންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި އިޞްލާޙަކީ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ހިމެނޭ 7 މެންބަރުންގެ ފުރިހަމަ ތާއިދާއެކު ހުށަހަޅާފައިވާ އިޞްލާޙެއްކަން ވެސް މިނިސްޓަރ ޢިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

އިންތިޙާބާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ޕާޓީގެ މައި އިދާރާގެ ނަމްބަރު 3342671 އާއި admin@adhaalath.org.mv އީމެއިލްއަށް ހުށައެޅޭނެކަމަށްވެސް އަދާލަތު ޕާޓީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: