ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާޒުތަކުގެ ހަރަކާތްތަކަށް މިތިބީ ވަރަށް ރަނގަޅަށް ލޯހުޅުވައިގެން ބަލަން: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަން ބައިބައި ކޮށްލުމަށް ކުރަމުންދާ މަސައްކަތް ވަރަށް ކައިރިން ބަލަމުންދާ ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ބައިބައި ކުރަން ގާތުންނާ ދުރުން ކުރަމުންދާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށާއި ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު އިދިކޮޅު ލީޑާޝިޕަށް އެބައޮތް ކަމަށެވެ.

“މިތިބީ ވަރަށް ރަނގަޅަށް ލޯހުޅުވައިގެން ބާޒުތަކުގެ ޙަރަކާތްތަކަށް ފާރަވެރިކަމާއެކު ބަލަން.” އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ތެރޭގައި ބައިބައިވުން އޮތްކަަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ޕާޓީ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، މެމްބަރުން މާޔޫސް ކޮށްލުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި މިއީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ޕާޓީ ބައިބައިކޮށް، ލީޑަރޝިޕްގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި، މިއީ އާކަންތައްތަކެއް ނޫންކަމަށް އިދިކޮޅު ކޯލިޝަނުުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: