ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ހަސަން ވިދާޅުވެއްޖެ އެވެ.
ޑރ.ޝިހާމް މިކަން އިއުލާންކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެެވެ.
މީގެ ކުރިން 2018 ވަނަ އަަހަރުގެ އިންތިޚާބުގައި ވާދަަކުރައްވާނެކަން ޝިހާމް އިއުލާން ކުރެއްވުމަށްފަހު ފަހުން އެފަދަ މާހައުލެއް ގާއިމް ވެފައިނެތްކަމަށް ބުނެ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.
އިސްލާމިކް މިނިސްޓްރީގައި ގައުމީ ޔުނިވާސިޓީގައި މަސައްކަތްޕުޅު ކުރައްވާފައިވާ ޝިހާމް ވަނީ ފިގުހު އެކަޑަމީގެ މެމްބަރުކަން ހަތަރު އަހަރު ކުރައްވާފަ އެވެ.


One Response
2023 އައިމަ ބުނާނެ، މާ ވިއްސާރަވެއްޖޭ.