ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޑި އުފައްދާ ގެންގުޅުނު ދެ މީހެއްގެ މައްސަލަ އަލުން ބެލުމަށް ހުކުމްކޮށްފި

ކްރިމިނަލް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތިޔާރާއި ބަޑިއުފައްދާ އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ދެމީހެެެއްގެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އެ ކޯޓަށް ތަޙްވީލުކުރުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ

މި މައްސަލައިގައި ތުހުމަތު ކުރެވޭ މޫސާ ޔޫސުފާއި ހަސަން ނަސީމުގެ މައްޗަށް 2014 ވަނަ އަހަރު އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު މ. އިރުދޯދިގޭގެ ކޮޓަރިއެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަޑިއާއި، ގޮވާތަކެއްޗާއި، އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނިފައިވާތީ އާއި ހަސަން ނަސީމް މަސައްކަތްކުރާ “ފަލިވަޅު ވެލްޑިން ވާރކްސް” ވޯކްޝޮޕްގައި ހަސަން ނަސީމް މަސައްކަތްކުރާތަން ބަލާ ފާސްކުރިއިރު، އެތަނުން ބަޑިއާއި އެފަދަ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނިފައިވާތީ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން  ކުރި ހުކުމްގައި ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ހެކި ހޯދާފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ހިލާފަށް ކަމަށެވެ.

އެމައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި 2017 ވަނަ އަހަރު އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލައިގެ ހުކުމް މިއަދު ވަނީ އިއްވާފަ އެވެ.

އެގޮތުން ހައިކޯޓުން ބުނެފައިވަނީ ދައުލަތުން ދައުވާ ބިނާކޮށްފައިވަނީ ދެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށްކަމަށާއި، އަދި އެ އަމުރުގެ ދަށުން އެ ގެ ބަލާ ފާސްކޮށްގެން ފުލުހުން ހޯދާފައިވާ ހެކިތަކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނާއި ހިލާފަށް ހޯދާފައިވާ ހެކިތަކެއްކަމަށް ނުދެކޭކަމަށެވެ.

އަދި އެމައްސަލައިގައި ހުށަހެޅިފައިވާ ހެކިތައް ވަޒަންކޮށް، މައްސަލައިގެ މައުޟޫއަށް ފައިސަލާ ކޮށްފައިނުވާތީ، އެ މައްސަލައިގައި ހުށަހެޅިފައިވާ ހެކިތައް ވަޒަންކޮށް، މައްސަލައިގެ މައުޟޫއާމެދު ފައިސަލާ ކުރުމަށްޓަކައި ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބެލުމަށް ތަޙްވީލުކުރުމަށް ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: