ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތް އަހަރު ނުކުރެވުނު ކަމެއް މިހާރު މުއިއްޒުއަށް ކުރެވޭނެ؟

ފްލެޓުތަކުގެ މައްސަލައިގައި މުއިއްޒުގެ ފާޑުކިޔުން ސަރުކާރަށް - ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުން ނިކަމެތިވިޔަ ނުދޭނެ ކަމުގެ ޔަގީންކަމާއެކު، އިތުބާރުކުރުމަށް، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެދިވަޑައިގަންނަވާފައެވެ. ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ އޭނާ މޭޔަރަކަށް އިންތިޚާބު ކޮށްފި ނަމަ މާލޭގެ ރައްޔިތުންގެ ހައްގުތަކާއި އުއްމީދުތައް ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. ހަތް އަހަރު ދުވަހު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން ކުރެވުނު ވަކި މޮޅު ކަމެއް ނެތެވެ. އެކަމަކު އަނެއްކާވެސް އިތުބާރުކޮށްފައި މޭޔަރުކަމަށް ނަގަންވީއެވެ.

ދެ ރައީސެއްގެ ދައުރު ނިމެންދެން ހައުސިންގް މިނިސްޓަރުކަމުގައި މުއިއްޒު ހުންނެވިއެވެ. އޭރު ކުރިހުރިހާ ކަމެއް އޮތީ ދެފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ކުރަންޖެހިފައެވެ. ރައްޔިތުން އެމީހުންގެ އަމިއްލަ ރަދީފަށް “މުއިއްޒުވުން” މި ލަފުޒު އިތުރުކުރީވެސް މުއިއްޒުގެ ވަޒީރުގައި އެ ވުޒާރާއިން ކަމެއް ކޮށްފިނަމަ އިތުރު ތަކްލީފުތަކެއް ލިބި އެކަން އަލުންބަލުން ކުރަންޖެހޭވަރުންނެވެ.  ، ކޮންމެ މީހަކުވެސް ތިކަހަލަ ބަނދިވަރެއް ދަމާނެއެވެ. ޚާއްސަކޮށް ރައްޔިތުން ފުށުން ކަމެއް ބޭނުންވެގެން އުޅޭއިރު، ރައްޔިތުން ޅޮސް އުނދޯއްޔަށް ލައިގެން ނާނާވެސް ކިޔާނެއެވެ.

މުއިއްޒުގެ ބޭނުމަކީ މާލޭގެ ރައްޔިތުންގެ ހައްގުތަކާއި އުއްމީދުތައް ހާސިލުކޮށްދިނުމެއް ނޫނެވެ. ބޭނުމަކީ މިސަރުކާރަށް ޖެއްސުންކޮށް ރައީސް ޔާމީނު މިރާއްޖޭގެ ވެރިކަމަށް ގެންނަން އަލުން މަސައްކަތްކުރުމެވެ. އެއީ އަނެއްހެން މައްސަލައެއްވެސް ނޫނެވެ. އެބަޔަކަށް އެމީހަކަށް ކަމުދާ ސިޔާސަތެއްގެ ވެރިއަކު ގެންނަން މަސައްކަތްކުރަންވެސް ވާނެއެވެ. އެކަމަކު އަނިޔާވެރި ވެރިއެއްގެ އަނިޔާވެރި ވެރިކަމެއްގައި މާލޭ ސިޓީ ކައުންސިލަށް ޖެއްސިހާލު ހަދާން ނެތޭހާ ދުވަހެއް ނުވެއެވެ. ރައްރަށުން ގޯތި ހޯދަން އިންޖީނުގެއިން ފޯމް ދޫކުރަން ހަވާލުކުރިކަން މުއިއްޒު ހަދާންނެތިދާނެއެވެ. 7 އަހަރު ދުވަސް ލިބުނުއިރު  ހިޔާ ފުލެޓޭ ކިޔައިގެން ރައްޔެތުން އަމީނީ މަގު ގޮދަޑިއަޅައިގެން ނިދަންބޭއްވި ކަން މިއޮއްއަވަހަށް ހަނދުމަ ނެތިއްޖެއެވެ. ސަރުކާރު ބަދަލުވާން 24 ގަޑިއިރަށް ވުރެއް ކުޑަވެފައި ވަނިކޮށް ފުލެޓު ތަޅުދަނޑިއޭ ކިޔާފައި ބަޔަކަށް ލިޔުންތަކެއްދީ ރައްޔިތުން ވާވެއްދިކަންވެސް ހަނދުމަ ނެތިގެންނުވާނެއެވެ. ޕާޓީގެ އެކްޓިވިސްޓުންނަށް ދަފުތަރުން ވަލުދޮރާށިން އެތެރެއަށް ވެއްދުނުކަންވެސް ހަނދުމަ ކުރަންވާނެއެވެ.

މުއިއްޒުގެ އާރާއި ބާރުގެ ދުވަސްވަރުގައި މާލޭ ރައްޔިތުން ބިކަކޮށްފައި ،ކައުންސިލް އިދާރާ ފުނޑާލާފައި މިއަދު މިދައްކާ ވާހަކަ މާބޮޑަކަށް ސާފެއް ނޫނެވެ. މަކަރުވެރި ޙިލަތްތެރި ވާހަކަތަކެއް ދައްކާއިރު، ރައްޔިތުންނާއި ބައްދަލު ކޮށްލަންވެސް ނުކެރެއެވެ. މާލޭސިޓީ މޭޔަރަކަށް ވެރިކަން ކުރާފާޓީގެ މީހަކު ނުހޮވިއްޖެ ނަމަ މާލޭސިޓީއަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަން މާޒީން ލިބުނު ފިލާވަޅުތަކުން އެނގެއެވެ. މުއިއްޒު މެންގެ ވެރިކަމުގައިވެސް މާލޭ ސީޓީ މޭޔަރުގެ ހުރިހާ ބާރެއް މުށު ތެރެއަށް ލައިގެން އުޅެފައި މިއަދު ތިކަހަލަ ވާހަކަ ދަށްކަން ލަދުނުގަންނަކަން ހިތަށް އަރައެވެ. ތިޔަ ޒާތުގެ ވާހަކަ ގަބޫލު ކުރާނި އިދިކޮޅުގައި ތި ތިބި މީހުންގެ ތެރެއިން ހައެއްކަ މީހުންނެވެ.

މިއަދު ތިޔަ ދައްކާ ވާހަކަ ގަބޫލު ކުރާނެކަމަށް މުޅިއަކުން ހީކޮށްނުވާނެއެވެ. މީގެ ކުރިން ކަންތައްތައް ކުރިގޮތް މިހާރު ހަދާން ނެތޭނެ ކަމަށްވެސް ހީކޮށްގެންނުވާނެއެވެ. މިސަރުކާރުންނާއި މާލޭ ސިޓީ ކައުންސިލް މާ ރަނގަޅު ކަންތައްތަކެއް ނުކުރިނަމަވެސް މާލޭ ރައްޔިތުން ގުނބޯ ހެއްދޭނެ ކަމަށް ދެކިގެންނުވާނެއެވެ. ސަރުކާރަށްވެސް އިދިކޮޅަށްވެސް މިހާރު އެއީ ދެން ކުރަން މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. މިއީ ހަރުދަނާ އަދި ގާނޫނުތަކާ ގަވައިދުތައް ތަންފީޒުކުރުމުގެ ގާބިލްކަން ހުރި ސަރުކާރެއް ނަމަ ރައީސް ޔާމީން އަށްވުރެ މާ ކުރިން މުއިއްޒުފަދަ އެތައް ބޭފުޅުންނެއް މިހާރު ތިބީހީ ކުރީ ސަރުކާރާ ގުޅުންހުރި ތަފާތު މައްސަލަ ތަކުގަ އެކި މުއްދަތުގެ ހުކުމްތަކާއެކު ޖަލުގައެވެ. ހުސް ގުދޯ ހުދޯ ގޮވާ މީހުންނެވެ.

މުއިއްޒުވެސް އަދި ސަރުކާރުންވެސް މާލޭ ރައްޔިތުންގެ ވާހަކަ ދައްކަން ރީއްޗެއް ނޫނެވެ. މާލެއަށް އުފަން ހަތަރު ކަށިމަތި މާލޭ މީހުންވެސް ދިރިއުޅެނީ ބޮޑުކުއްޔަށެވެ. މާލެ ސަރަހައްދުގައި ވަންނާނެތަނެއް ނެތްއިރު މުއިއްޒު ހައުސިންގ މިނިސްޓްރީގައި ހުރެ ހެދި ތަންތަނުން ފްލެޓެއްދޭން ޝަރުތު ހަމަ މާލޭ ރައްޔިތަކު ނެތެވެ. މާލޭއަށް ބަލިވެގެން ނޫންގޮތަކަށް ނާންނަ މީހުންނަށް ފްލެޓް ހައްގުވި ގޮތް ފުރަތަމަ ކިލިޔައިދީބަލާށެވެ. ދެން ފުށިދިއްގަރާ، ގުޅީފަޅާ، ދެންއޮތްތަނެއް ހިއްކިޔަސް ލައްގާނީ ލައްގާ ހުރަޔަށެވެ. ފުށިދިއްގަރު ގެ ވާހަކައެއް މުއިއްޒު ކުރިއަކުން ނުދައްކައެވެ. ގުޅީފަޅުވެސް މީހުން ދިރިއުޅެން ހެޔޮވާވަރުގެ ތަނެއްނޫނޭ ކިޔާފައި ފުލުހުން އަރުވައިގެން އެތަނުން މީހުން ބޭލީއެވެ.

ބޭކާރުވާހަކަ ނުދައްކާށެވެ. އެމަޤާމުގައި ހުރިދުވަހު އަމިއްލަޔައް އިޙުމާލުނުވެ ކަންކަން ކުރިނަމަ މިއަދު މިހެންނުވާނެއެވެ. މުއިއްޒަކީވެސް ފެއިލްވެފައިވާ ބޭފުޅެކެވެ.  ވެށިފަހި ޕްރޮގްރާމުން ފްލެޓް ލިބުނު މީހުނަށް 3 މިލިޔަނަށް އެތަންތަން ވިއްކުމަކީ އިހުމާލެއް ނޫން ކަމަށް ބުނާ ހަމަޔެއްވެސް ވިދާޅުވާންޖެހެއެވެ. ނުހައްގުން އެތައް އެޕާޓްމަންޓްތަކެއް ހައްގުނުވާބަޔަކަށް މެޑަމްވިދާޅުވެގެންދީފައި އެބަހުއްޓެވެ. މިނިސްޓަރުގެ ލިސްޓެއްވެސް ފްލެޓްތައް ބަހާލިއިރު ގެންގުޅުނެވެ.  މާލޭގެ ސައްޙަ އާބާދީ 60 ހާހަށް ނާރާއިރު ރާއްޖޭގެ އެހެން ރަށްރަށުގެ މީހުނަށް ދޭންޖެހޭ އަސާސީ ޙައްޤުތަކުން އެމީހުން މަޙްރޫމްކޮށް މަޖުބޫރީ ހާލަތް މެދުވެރިކުރުވާ އޭގެ ތެރެއިން ގިނަބައެއްގެ ފަޙުރުވެރި ރަށްވެހިކަން ގެއްލޭގޮތަށް މާލޭ މުނިސިޕަލްޓީގެ ޙާއްސަ ދަފުތަރު ކިޔާ “ދަންތުރައެއްގައި” އެމީހުން ރެޖިސްޓްރީކޮށް، މާލޭގެ ރަށްވެހިކަމުގައި ކުރިން ތިބި މީހުން ރަށުގެ ރަށްވެހިކަމެއް ނުލިބޭގޮތަށް ރަށްމެދުކޮށް މިފަދަ އިންސާނީއްޔަތާއި ޙިލާފު އަމަލު ހިންގުން ހުއްޓާލަން ހަތް އަހަރު ލިބުމުންވެސް އެކަންކުރަން ބޭނުންނުވީއެވެ.

ރާއްޖޭގަ ސިޓީ ތަކުގެ މޭޔަރުންނަކީ މާ ބާރުގަދަ މަގާމެއްގަ ތިބޭ ބައެއްނޫންކަން މިހާރު ރައްޔިތުންނަށް ރަނގަޅަށް އެނގެއެވެ. ޚާއްސަކޮށް މާލެ ސިޓީގެ މޭޔަރަށް އޮންނާނީ މަގުތަކުގެ ކާނުތައް ސާފުކުރޭތޯ ބެލުމާ މާރުކޭޓް ގޮޅިތައް ބަހާގޮތް ބެލުމެވެ. މީސްމީހުންނަށް ގޯތިދިނުމާ ބިންހިއްކުމާ އެއީ މޭޔަރުންނާ ވާ ބެހޭވެސް ކަމެއްނޫނެވެ. ހަތް އަހަރު ދުވަހު މާލޭގެ އެތައްމަގެއް ބަންދުކޮށް، އެތައް މިލިއަނެއް ދީގެން ހެދި މަގުތަކުގައި އުނަގަނޑާއި ހަމައަށް ފެންހެދުނު ހަނދާން މާލޭ ރައްޔިތުންގެ ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: